ސަން ބަދިގެ މިއަދުގެ ސެގްމެންޓްގައި ގެނެސްދޭނީ ވަރަށް ފަސޭހައިން އަޅުގަނޑުމެންނަށް ލިބެން ހުންނަ ބާވަތެއް ކަމަށްވާ ބޯށި ބޭނުންކޮށްގެން މަސްހުނި ތައްޔާރުކޮށްލާނެ ގޮތެވެ.
ބޭނުންވާ ތަކެތި
ބޯށި
ފިޔާ
ގިތެޔޮ މިރުސް
ހިކަނދިފަތް
ތުނިކޮށް ކޮށާފައި ހުރި ވަޅޯމަސް
ލުނބޯ
ފެން
ކާށި ހުނި
ލޮނު
ތައްޔާރުކުރާނެގޮތް
އެންމެ ފުރަތަމަ ބޯށީގެ ދެ ތިން ފިޔަ ނައްޓާލުމަށްފަހު ރީތިކޮށް ބޯށި ދޮވެލާށެވެ. ދެން ފުން ތަށްޓަކަށް ފެން އެޅުމަށްފަހު ފެނުގެ ތެރެއަށް ބޯށިތައް ތުނިކޮށް ކޮށާލުމަށްފަހު އިރުކޮޅަކަށް ބޯށިތައް ފެނުގައި ބަހައްޓާށެވެ.
އެއަށްފަހު ތެއްޔަކަށް ފެން އެޅުމަށްފަހު ފެންގަނޑު ކެކިގަތުމުން ފޯކުރި ބޯށިތައް މަޑުކުރަން އުދާލާށެވެ. ދެ ތިން މިނެޓަށް ކައްކާލުމަށްފަހު ބޯށިތައް ނެގުމަށްފަހު ތަށްޓަކަށް އަޅާށެވެ.
ދެން ފިޔާ އަދި މިރުސް ކޮށާލުމަށްފަހު ރަނގަޅަށް މޮޑެލާފައި ހުނި އަދި މަސް ފިޔާގަނޑުތެރޭ މޮޑެލާށެވެ. އެއަށްފަހު ލުނބޯހުތް އެޅުމަށްފަހު ލޮނުހެޔޮވަރުކޮށްފައި މަޑުކޮށްފައި ހުރި ބޯށިއާ އެކު އެއްކޮށްލާށެވެ.