ގެރިމަސްކާ މީހުން ދަންޖެއްސުމަށް ހިންދޫންގެ ލީޑަރަކު މޯދީއަށް ގޮވާލައްވައިފި

ވީއެޗްޕީގެ ލީޑަރު ސާދުވީ ސަރަސްވަތީ

ގެރީގެ މައްސަލަ އިންޑިއާގެ ބޮޑު ގައުމީ މައްސަލައަކަށް މިހާރު ވަނީ ވެފައެވެ. އަދި މިކަމާ ގުޅިގެން ގިނަ ސްޓޭޓްތަކަކުން ގެރިކަތިލުން މަނާކުރުމުން ވަނީ ވަރަށް ބޮޑެތި ފާޑު ކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. އަނެއްކާވެސް ވަނީ މިކަމަށް އާބޮޅެއް އިތުރުވަފައެވެ. ސަނަޓަމް ދަރްމް ޕްރަޗާރ ސެވީ ގެ ލީޑަރެއްކަމަށްވާ ސާދުވީ ސަރަސްވަތީ ވަނީ ގެރިމަސްކާ މީހުން ފާޅުގައި ދަންޖެއްސުމަށް މޯދީއަށް ވަނީ ގޮވާލައްވާފެއެވެ.

ހަވަނަ އޯލްއިންޑިއާ ކޮންވެންޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ސާދުވީ ބުނެފައި ވަނީ ގެރިމަސްކާ މީހުން ދަންޖެއްސުން މޯދީއަށް ގޮވާލާ ކަމަށާއި މޯދީ އަރިހުގައި ވެސް އެ ވާހަކަ ދަންނަވާނެ ކަމަށެވެ. އެފަދަ މީހުން މެރުމަކީ ލިބިފައިވާ ވަކި ހައްގަކަށް ހެދުމަށް މޯދީ އަރިހުގައި އެދޭނެ ކަމަށް ބުނެ، ސާދުވީ ދެއްކި ވާހަކަތައް އިންޑިއަން އެކްސްޕްރެއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ސާދުވީ އެ ވާހަކަތައް ދައްކާފައި މި ވަނީ ބީޖޭޕީގެ އެތެރޭގައި ވެސް ގެރިކަތިލުން މަނާކުރުމާމެދު ހިޔާލު ތަފާތުވަފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މެގަލާޔާ ސްޓޭޓްގެ ދެ ބީޖޭޕީ މެމްބަރުން ވަނީ ބީޖޭޕީން ގެރީގެ މައްސަލާގައި ގެންގުޅޭ ހަރުކަށި ސިޔާސަތާ ދެކޮޅު ހެދުމުގެ ގޮތުން ޕާޓީން ވަކިވެފައެވެ. އަދި އެ ސްޓޭޓުން ވަނީ ގެރީގެ މައްސަލާގައި ނެރެފައިވާ އަމުރު ބާތިލް ކުރުމަށް އެދިފަ އެވެ. އެ ހަރުކަށި ސިޔާސަތުގެ ސަބަބުން އޭގެ ގެއްލުން އިގްތިސާދަށާއި އަދި މީހުންނަށް ވަރަށް ގިނަ ދަތިތަކެއް ދިމާވާނެ ކަމަށް ސްޓޭޓުން ބުނެފައިވެ އެވެ.

މި ޖޫން މަހުގެ ކުރީކޮޅު އާރުއެސްއެސްގެ ހިންދޫގެ ލީޑަރު އިންދްރޭޝް ކުމާރު ބުނެފައި ވަނީ މުސްލިމުން ރޯދަ ވީއްލާއިރު ގެރިމަހުގެ ބަދަލުގައި ގެރީގެ ކިރުން ރޯދަ ވީއްލުމަށެވެ. ގެރި މަސް ކާ މީހުންނަކީ އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތް ބައެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

comment ކޮމެންޓް