ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގުން --- ފޮޓޯ/ އެމްއެންޑީއެފް

މާލޭގައި ހުންނަ ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ރޯވެފައިވަނީ އެތަނުގައި ހުރި ލަކުޑިތަކެއްގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ފިހާރައިގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ހެނދުނު 7:00 ހާއިރު ކަމަށެވެ.

ފަޔާ އެންޑް ރެސްކިއު ޓީމްގެ މަސައްކަތުން އެ އަލިފާންގަނޑު ވަނީ 7:36 ހާއިރު އެއްކޮށް ކޮންޓްރޯލް ކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

comment ކޮމެންޓް