ކްލިނިކް ތަކުން ހަދާ މެޑިކަލް ރިޕޯޓު ހެލްތް މިނިސްޓްރީން ގަބޫލު ނުކުރަން ނިންމައިފި

16 މާޗު 2016: މާލޭ މަގުމަތީގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީންގެ ވޯކް ޕާމިޓަށް ބޭނުންވާ މެޑިކަލް ރިޕޯޓު ކްލިނިކްތަކުން ހަދަފިނަމަ ގަބޫލު ނުކުރަން ހެލްތް މިނިސްޓްރީން ނިންމައިފި އެވެ.

ރާއްޖޭގެ ހޮސްޕިޓަލުތަކުގެ އިތުރުން ބައެއް ކްލިނިކްތަކުން ވެސް މީގެކުރިން ބިދޭސީންނަށް ވޯކާ ޕާމިޓް މެޑިކަލް ރިޕޯޓް ހަދައިދެ އެވެ. އަދި އޭރު އޮންނަނީ ކްލިނިކްތަކުން ހަދާ ރިޕޯޓު ވެސް ގަބޫލު ކުރާ ގޮތަށެވެ.

ހެލެތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ބިދޭސީން ހަދާ ވޯކް ޕާމިޓް މެޑިކަލް ރިޕޯޓޫ ބަލައި ގަންނާނީ ހޮސްޕިޓަލުތަކުން ހެދުމުން ކަމަށެވެ.

އެގޮތުން އައިޖީއެމްއެޗް އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ސަރުކާރު ހިދުމަތްދޭ ހޮސްޕިޓަލުތަކުން ހަދާ މެޑިކަލް ރިޕޯޓު ބަލައި ގަނެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

އެގޮތަށް ނިންމި ސަބަބެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެ އަންނަ ބިދޭސީންގެ ފުށުން ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވެދާނެތީ މެޑިކަލް ރިޕޯޓުތައް ހެދުން ހަރުދަނާ ކުރުމެވެ.

comment ކޮމެންޓް