ބޭނުންވާ ތަކެތި:
- 1 ކުކުޅުބިސް
- 1 މޭޒުމަތީ ސަމްސާ ޒުވާރިފުށް
- ކުޑަ ލޮނުކޮޅެއް
- އަސޭމިރުސް
- 500 ގްރާމް ކުކުޅު (ކުދިކޮށް ކިއުބުކޮށް ކޮށާފައި)
ސްޓަޔަރ ފްރައިކުރުމަށް
- 1 ފިޔާ (ކޮށާފައި)
- ލޮނުމެދުކޮޅެއް (ތުނިކޮށް ކޮށާފައި)
- 2 ބެލްޕެޕަރ (ތުތިމަސްކޮށް ކޮށާފައި)
- 2 ހިކި މޭބިސްކަދުރު
- 3 މޭޒިމަތީ ސަމްސާ ލައިޓް ސޯޔާސޯސް
- 4 މޭޒުމަތީ ސަމްސާ ރޯސްޓެޑް ކެޝޫ ނަޓް
- 3 ހިކިމިރުސް (ބޮޑެތިކޮށް ކޮށާފައި)
ތައްޔާރުކުރާނޭ ގޮތް

ޗިކަން ކެޝޫނަޓް ތައްޔާރުކުރާނޭގޮތް --
ކުކުޅުކޮޅު މެރިނޭޓްކޮށްލުމަށްޓަކައި، އޭގެ ތެރެއަށް ކުޑަ ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އެޅުމަށްފަހު، ރަނގަޅަށް އެއްކޮށްލާ. ދެން އެއަށްފަހު، ކުކުޅު ކިއުބުތަކުގެ ތެރެއަށް ޒުވާރިފުށްކޮޅެއް އަޅާފައި ރީތިކޮށް ޑަސްޓްކޮށްލާނީ. ދެން މުރަނަކޮށް ތެލުލާނީ.
ފިޔާކޮޅާއި ލޮނުމެދުކޮޅު އެކުގައި ތަވައެއްގައި ހަނާކޮށްލުމަށްފަހު އޭގެ ތެރެއަށް، ސޯޔާސޯސް އެއްކޮށްލާނީ. އަދި ކުޑައަސޭމިރުސްކޮޅެއްވެސް އަޅާނީ. ދެން ހިކިމިރުސްކޮޅު އެއަށް އަޅާފައި އޭގެ ތެރެއަށް އެއްޖޯޑު ފެން އަޅާނީ.

ޗިކަން ކެޝޫނަޓް ތައްޔާރުކުރާނޭގޮތް --
ފެންއަޅާފައި ކެކެންފެށުމުން އޭގެ ތެރެއަށް ތެލުލި ކުކުޅުކޮޅާއި ބެލްޕެޕަރ އެއްކޮށް އަޅާފައި ސޯސްގަނޑު ރަނގަޅަށް އޮލަވަންދެން ކައްކާނީ. އެއަށްފަހު އުނދުންމަތިން ބޭލުމުގެ ކުރީން އޭގެ ތެރެއަށް ކެޝޫނަޓްކޮޅާއި ހިކިމޭބިސްކަދުރުވެސް އެއްކޮށްލާނީ.
މިހާރު އެހެރީ، ރެޓްރޯ ސްޓައިލްގެ ޗިކަން ކެޝޫނަޓް ތައްޔާރުކުރެވިފައި.

ޗިކަން ކެޝޫނަޓް ތައްޔާރުކުރާނޭގޮތް --
މިއީ ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ހެޔޮ އެދުންތަކާއެކު ސަން ބަދިގޭގައި ތައްޔާރުކޮށްފައިވާ ޑިޝްއެއް.