ދިވެހި އިންޝުއަރަންސްގެ ކެފޭ، ރެސްޓޯރެންޓުތަކަށް ޚާއްސަ ޕޮލިސީ ތައާރަފްކޮށްފި

ދިވެހި އިންޝުރެންސްގެ ކެފޭ، ރެސްޓޯރެންޓަށް ޚާއްސަ ޕޮލިސީ ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ އަހަރު ރާއްޖޭގެ އިންޝުރެންސް މާކެޓަށް އަލަށް ނުކުތް ދިވެހި އިންޝުއަރަންސް ކުންފުނިން ކެފޭތަކާއި ރެސްޓޯރެންޓުތަކަށް ޚާއްސަ އިންޝުއަރަންސް ޕްލޭނެއް ތައާރަފްކޮށްފިއެވެ.

ސިޓީ ގާޑެން ރެސްޓޯރެންޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ޕޮލިސީ އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދުއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް އިތުރުވެ، އަދި ބޭރުގެ ފްރެންޗައިސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އެފަދަ ތަންތަނަށް ޚާއްސަ އިންޝުއަރެންސް ޕެކޭޖެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެފަދަ ޕޮލިސީއެއް ތައާރަފް ކުރެވުމަކީ ކުދި އަދި މެދު ފަންތީގެ ކެފޭ ރެސަޓޯރަންޓް ވިޔަފާރިތަކަށް ލިބިދާނެ ގެއްލުންތައް ނިސްބަތުން ކުޑަކޮށް ވިޔަފާރިއަށް ލިބޭނެ ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ދިވެހި އިންޝުރެންސްގެ ކެފޭ، ރެސްޓޯރެންޓަށް ޚާއްސަ ޕޮލިސީ ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ސަން ފޮޓޯ: ފަޔާޒު މޫސާ

އަދި އެ ޕެކޭޖު ބައްލަވައިގަތުމުން، ވައްކަމާއި ލިބޭ ގެއްލުމެއްގެ ސަބަބުން ވިޔަފާރި ބަންދުކުރަން ޖެހޭ ހާލަތްތަކުގައި، ބަންދުކޮށްފައި ހުންނަ ދުވަސްތަކަށް އެތަނަކަށް ލިބޭ ފައިދާއާ އެއް މިންވަރަކަށް މުވައްޒަފުންގެ މުސާރައާއެކު ބަދަލު ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވާހިދު ވިދާޅުވީ އެ އާ ޕެކޭޖުގެ ދަށުން ކެފޭ ނުވަތަ ރެސްޓޯރެންޓްގެ ފައިސާ އެތަނަކުން ބޭންކަށް ޖަމާކުރުމަށް ގެންދިޔުމުގެ މަގުމަތީގައި ފައިސާ ފޭރިގަނެފި ހާލަތެއްގައި ވެސް ބަދަލު ލިބޭނެ ކަމަށެވެ.

އެ ޕޮލިސީގައި އިތުރަށް ކަވަރުކުރާ ގެއްލުންތަކުގެ ތެރޭގައި މަގުމަތީގައި ހިނގާ އެކްސިޑެންޓެއްގެ ސަބަބުން ރެސްޓޯރެންޓަށް ލިބިދާނެ ގެއްލުމަކާއި، ދިމާވެދާނެ ގުދުރަތީ ކާރިޘާއަކުން ލިބިދާނެ ގެއްލުމުގެ ބަދަލު ހޯދައިދިނުން ހިމެނެއެވެ.

އެ ޕޮލިސީގެ ދަށުން ނަގާ އިންޝުއަރަންސް ޕެކޭޖުން ވިޔަފާރި ކުރާ ފަރާތްތަކަށް ކުއްލި ހާލަތެއް ދިމާވި ނަމަވެސް ބޮޑު ގެއްލުމެއް ނުލިބި މައްސަލަ ހައްލު ކުރެވޭނެކަމަށެވެ. އަދި ކެފޭ ރެސްޓޯރަންޓުތަކުގައި ތައްޔާރުކުރާ ކާނާގެ ރައްކާތެރިކަމާއި ތަނުގެ ސާފުތާހިރުކަމާއި އަލިފާނުގެ ހާދިސާތަކުގައި މި އިންޝުއަރަންސް ޕެކޭޖުން ބަދަލު ލިބޭނެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އެ ޕޮލިސީ އެންމެ ފުރަތަމަ ނެންގެވި ކުންފުންޏަށް ވަނީ ޕޮލިސީ ހަވާލުކޮށްފައެވެ. އެ ޕޮލިސީ އެންމެ ފުރަތަމަ ނަގާފައިވަނީ ދާދި ފަހުން މާލޭގައި ހުޅުވީ ފްރާންޗައިސް ފުޑް އައުޓްލެޓް "ބާސެލޮސް" އިންނެވެ.

comment ކޮމެންޓް