ހައުސިން މިނިސްޓްރީން އަންގައިގެން ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި

ކާނިވާ ސަރަހައްދު ---

ކާނިވާ ސަރަހައްދުގައި ހިންގަމުން ދިޔަ ޗިލެކްސް ކެފޭ ހުސްކޮށްދޭން ހައުސިންގ މިނިސްޓްރީން ފުލުހުންނަށް އެންގުމާ ގުޅިގެން އެ ކެފޭ ފުލުހުން ގޮސް މިރޭ ބަންދު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޗިލެކްސް ކެފޭ ހުސްކުރަނީ ހައުސިންގް މިނިސްޓްރީން ކަމަށާއި ފުލުހުން އެކަމަށް އެހީތެރިކަން ފޯރުކޮށްދެނީ ކަމަށެވެ.

ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ޗިލެކްސް ކެފޭ ބަންދުކުރީ ގާނޫނީ މައްސަލަތަކެއް ހުރުމުގެ ސަބަބުންނާއި އަދި އެސަރަހައްދު ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ.

"ކާނިވަ ސަރަހައްދު ތަރައްގީކުރަން ވަނީ މިއަހަރުގެ ބަޖެޓުގައިވެސް ފައިސާ ހިމަނާފައި އެހެންވެ އެތަނުގެ ކެފޭތައް ހުސްކުރަން މިހާރު ވާނީ ނޯޓިސް ދީފައި" ފަޒާލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޗިލެކްސް ކެފޭ ހުސްކުރަން ހައުސިންގ މިނިސްޓްރީން އަންގާފައިވަނީ 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ.

ނަމަވެސް އެ ހުކުމުގެ ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެ ތަން ހުސްކުރަން ފުލުހުން ދިއުމުގެ ކުރިން މިރޭ އިރުއޮއްސި 6:00އާ ހަމައަށް ތަން ހުސްކުރަން އަންގައި ހައުސިން މިނިސްޓްރީން ޗިލެކްސް ކެފޭއަށް ވަނީ ނޯޓިސްދީފައެވެ.

comment ކޮމެންޓް