ބޭނުންވާ ތަކެތި:
- 500 ގްރާމް ގެރިމަސް (ތުނިކޮށް ކޮށާފައި)
- 2 މޭޒުމަތީ ސަމްސާ ތެޔޮ
- 2 ފިޔާ (ތުނިކޮށް، ކިއުބުކޮށް ކޮށާފައި)
- 100 ގރމ ބެލްޕެޕަރ (ކިއުބުކޮށް ކޮށާފައި)
- 1 ކުކުޅުބިސް
- ޒުވާރިފުށް
ޕެޕަރސޯސް ހެދުމަށް
- 8 ލޮނުމެދު (1/2 މޭޒުމަތީ ސަމްސާ ލޮނު އަޅާފައި ޗިސްކޮށްލާފައި)
- 1 މޭޒުމަތީ ސަމްސާ އަސޭމިރުސް
- 1 މޭޒުމަތީ ސަމްސާ އޮއިސްޓަރ ސޯސް
- 1 މޭޒުމަތީ ސަމްސާ ލައިޓް ސޯޔާސޯސް
ތައްޔާރުކުރާނޭ ގޮތް:
ފުރަތަމަ ބީފްކޮޅުގެ ތެރެއަށް ބިސް، ޒުވާރިފުށް، އަސޭމިރުސް އަދި ލޮނުކޮޅެއް އެޅުމަށް ފަހު 10 ވަރަކަށް މިނިޓް ވަންދެން މެރިނޭޑްކޮށްލަން ބަހައްޓާނީ. އެއަށްފަހު ބީފްކޮޅު ރީތިކޮށް ފްރައިކޮށްލާނީ.

ޕެޕަރ ބީފް ތައްޔާރުކުރާނޭ ގޮތް --
ޕެޕަރސޯސް ތައްޔާރުކުރުމަށްޓަކައި، ފުރަތަމަ ފިޔައާއި ލޮނުމެދު ރަތްވަންދެން ހަނާކޮށްލާނީ. އެއަށްފަހު އޭގެ ތެރެއަށް، އޮއިސްޓަރ ސޯސް އަދި ސޯޔާސޯސް އަޅާފައި އެއްކޮށްލާނީ. އެއަށްފަހު އޭގެ ތެރެއަށް އަސޭމިރުސްކޮޅެއްވެސް އެއްކޮށްލާނީ.
ސޯސްކޮޅު ތައްޔާރުވުމުން، ފްރައިކޮށްފައި ހުރި ބީފްކޮޅާއި ކޮށާފައި ހުރި ބެލްޕެޕާކޮޅުވެސް އޭގެ ތެރެއަށް އަޅާފައި، މަޑު ގިނީގައި ރަނގަޅަށް ހުރިހާއެއްޗެއް އެއްކޮށްލާނީ.

ޕެޕަރ ބީފް ތައްޔާރުކުރާނޭ ގޮތް --
މިއީ ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ހެޔޮ އެދުންތަކާއެކު ސަން ބަދިގޭގައި ތައްޔާރުކޮށްފައިވާ ޑިޝްއެއް.