ލަންކާގައި ދިވެހި ކުޑަކުއްޖަކު މަރުވި މައްސަލަ ތަހުގީގުކުރަނީ

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ --

އުމުރުން ހަތަރު އަހަރުގެ ދިވެހި އަންހެން ކުއްޖަކު ސްރީލަންކާގައި މަރުވި މައްސަލައެއް ދިވެހި ފުލުހުން ބަލަމުން އެބަ ދެއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވަނީ މިފަދަ މައްސަލައެއް ބަލަމުން ދާކަން "ސަން"އަށް ކަަށަވަރުކޮށްދީފައވެ.

އެނގިފައިވާ ގޮތުގައި ހަތަރު އަހަރުގެ ކުޑަކުއްޖާ ދިރިއުޅެމުން ދިޔައީ އޭނާގެ މަންމައާ އެކު، ސްރީލަންކާގައެވެ. އަދި އެކުއްޖާގެ ބައްޕަ ހުރީ ޖަލުގައެވެ. މި ކުއްޖާގެ މައިންބަފައިންނަކީ ދިވެހީންނެވެ.

މިކުއްޖާ މަރުވި ގޮތާއި، މަރުވި ތާރީޚެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މީގެ ދެހަފްތާއެއްހާ ދުވަސް ކުރީން ވަނީ ލަންކާގެ ގެއެއްގެ ތެރޭގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވައި ފެނިފައެވެ.

ލަންކާގައި ކިޔަވަމުންދިޔަ އިސްމާއިލް ޒުލާލް ނަމަކަށް ކިޔާ 19 އަހަރުގެ އެ ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ ކޮލަންބޯގެ ކަލުބޯވިލާގައި އޭނާ ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރީގެ ތެރެއިންނެވެ.

comment ކޮމެންޓް