ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާ ދިޔަ ފަތުރުވެރިއަކު ސަލާމަތްކޮށްފި

ކަނޑުމަތި: ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާ ދިޔަ ފަތުރުވެރިއަކު ސަލާމަތްކޮށްފި -- ފައިލް ފޮޓޯ/ އެމްއެންޑީއެފް

ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާ ދިޔަ ފަތުރުވެރިޔަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހެވެ.

މާލެއިން ފުރައިގެން ދ. ވާނީއަށް ރަސްމީ ދަތުރެއްގައި ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް، ކަނޑުމަތިން މީހަކު އޮޔާ ދަނިކޮށް ފެނުނީ މެންދުރުފަހު 14:26 އެހައިކަންހާއިރެވެ.

އެއީ ކ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ ފަތުރުވެރިއެކެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް ވަނީ އޮޔާ ގެންގޮސްފައެވެ.

ފުލުހުންގެ ލޯންޗަށް މި ފަތުރުވެރިޔާ ފެނުމާއެކު، ވަގުތުން އޭނާ ކަނޑުމަތިން ނަގައި ސަލާމަތްތެރިކަމުގެ ފުރަތަމަ އެހީ ވަނީ ފޯރުކޮށްދީފައެވެ. އަދި ފުލުހުންގެ ޓީމުން ވަނީ ރައްކާތެރިކަމާއެކު އަނބުރާ އޭނާ ހުރި ރިސޯޓަށް ގެންގޮސްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި ރިސޯޓަށް ގެންދިޔައިރުވެސް ފަތުރުވެރިޔާގެ ސިއްހީ ހާލަތު އާންމުގޮތެއްގައި ރަނގަޅެވެ.

މާލެއިން ފުރައިގެން ދާލު އަތޮޅު ވާނީއަށް ރަސްމީ ދަތުރެއްގައި ދިޔަ ފުލުހުންގެ ލޯންޗަކަށް، ރިސޯޓަކުން މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ފަތުރުވެރިޔަކު ފެނިގެން ވަނީ ވަގުތުން ސަލާމަތްކޮށްފައެވެ. މިއަދު މެންދުރުފަހު ހިނގި މި ހާދިސާގައި، ރިސޯޓާ ގާތްގަނޑަކަށް އެއް މޭލު ބޭރަށް އޮޔާ ގޮސްފައިވަނިކޮށް ފެނުނީ ޗައިނާގެ ރައްޔިތެކެވެ. ފުލުހުން ވަނީ އޭނާ ކަނޑުމަތިން ނަގައި، ފުރަތަމަ އެހީ ފޯރުކޮށްދިނުމަށްފަހު ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފައެވެ.

  • ޙާދިސާ ހިނގާފައިވަނީ ކާފު އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާ ފަތުރުވެރިއަކަށެވެ.
  • ފަތުރުވެރިޔާ އޮޔާދަނިކޮށް ފެނުނީ މިއަދު މެންދުރުފަހު 14:26 ހާއިރު ފުލުހުންގެ ލޯންޗް 54 އަށެވެ.
  • އޭނާ ސަލާމަތްކުރިއިރު ރިސޯޓާ ގާތްގަނޑަކަށް އެއް މޭލު ބޭރަށް ވަނީ އޮޔާ ގޮސްފައެވެ.
  • ފުލުހުން އޭނާއަށް ފުރަތަމަ އެހީ ދިނުމަށްފަހު ރިސޯޓަށް ގެންދިޔައިރު ޞިއްޙީ ޙާލަތު އާންމުގޮތެއްގައި ރަނގަޅެވެ.
comment ކޮމެންޓް