''ޗެމްޕިއަންސް ލީގު ސްކޮޑް އޮފް ދަ ސީޒަން''ގައި ރޮނާލްޑޯ، މެސީ، ބުފޮން

ޔޫއެފާ ޗެމްޕިއަންސް ލީގު ސްކޮޑް އޮފް ދަ ސީޒަންގައި ރޮނާލްޑޯ، މެސީ އަދި ބުފޮން ހިމަނާފައިވޭ -- ފޮޓޯ: ޔޫއެފާ

ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނަލް މެސީ، ޖިއަންލުއިޖީ ބުފޮން އަދި މިނޫންވެސް ވަރުގަދަ 18 ކުޅުންތެރީންނާ އެކު ޗެމްޕިއަންސް ލީގުގެ "ސްކޮޑް އޮފް ދަ ސީޒަން" ޔޫއެފާއިން އިއުލާނުކޮށްފިއެވެ.

ޔޫއެފާގެ ޓެކްނިކަލް އޮބްޒާވަރުންގެ ޓީމުން އެކުލަވާލަފައިވާ ސްކޮޑްގައި، ޗެމްޕިއަންސް ލީގު ފައިނަލްގައި ޔުވެންޓަސް އަތުން 4-1 ލަނޑުން މޮޅުވި ރެއާލް މެޑްރިޑް ޓީމުގެ އަށް ކުޅުންތެެރިއަކު ހިމަނާފައިވެއެވެ.

ޗެމްޕިއަންސް ލީގު ސްކޮޑް އޮފްދަ ސީޒަން އެކުލަވައިލި، 10 މީހުންގެ މައްޗަށް އެކުލެވޭ ޓެކްނިކަލް އޮބްޒާވަރުންގެ ޓީމުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން، އެޓީމުގެ ކުރީގެ ކެޕްޓަން ރަޔާން ގިގްސް، އަދި އިނގިރޭސި ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ފަބިއޯ ކަޕެއްލޯއާއި ރޯއި ހޮޖްސަން ހިމެނެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ސްކޮޑް އޮފް ދަ ސީޒަން:

ގޯލް ކީޕަރު:

  • ޖިއަންލުއިޖީ ބުފޮން (ޔުވެންޓަސް)
  • ޔާން އޮބްލަކް (އެތުލެޓިކޯ މެޑްރިޑް)

ޑިފެންޑަރުން:

  • ލިއޮނާޑޯ ބުނޫޗީ (ޔުވެންޓަސް)
  • ޑެނީ ކަރްވާހަލް (ރެއާލް މެޑްރިޑް)
  • މާސެލޯ (ރެއާލް މެޑްރިޑް)
  • ސާޖިއޯ ރާމޯސް (ރެއާލް މެޑްރިޑް)
  • ޑިއޭގޯ ގޯޑިން (އެތުލެޓިކޯ)

މިޑްފީލްޑަރުން

  • ކަސެމީރޯ (ރެއާލް މެޑްރިޑް)
  • ޓޯނީ ކްރޫސް (ރެއާލް މެޑްރިޑް)
  • ލުކާ މޮޑްރިޗް (ރެއާލް މެޑްރިޑް)
  • އިސްކޯ (ރެއާލް މެޑްރިޑް)
  • މިރަލެމް ޕިޔަނިޗް (ޔުވެންޓަސް)
  • ޓީމޫ ބަކަޔޮކޯ (މޮނާކޯ)

ފޯވަޑުން:

  • ކްރިސްޓިއާނޯ ރޮނާލްޑޮ (ރެއާލް މެޑްރިޑް)
  • ލިއޮނަލް މެސީ (ބާސެލޯނާ)
  • އެންޓޮއިން ގްރީޒްމަން (އެތުލެޓިކޯ މެޑްރިޑް)
  • ކިލިއަން އެމްބަޕޭ (މޮނާކޯ)
  • ރޮބާޓް ލެވަންޑޮވްސްކީ (ބަޔާން މިއުނިކް)
comment ކޮމެންޓް