މިއަދު ސަން ބަދިގޭގައި ތައްޔާރުކޮށްލަނީ، ރޯދަވީއްލާ ގަޑިއަށް ޚާސައް ބުއިމެއް. މިއީ "ފުން އަސަރު" ކިޔާ، ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ، އެހެން ނަމަވެސް ވަރަށް މީރު ބުއިމެއް.
ބޭނުންވާ ތަކެތި:
- 330 މލ ސްޕްރައިޓް
- 25 މލ ލުނބޯހުތް
- 25 މލ ގެރެނަޑައިން ސިރަޕް
- ޝުގަރ ސިރަޕް
- އައިސް ކިއުބް
ތައްޔާރުކުރާނޭ ގޮތް:
ކޮކްޓެއިލް ޝޭކަރއެއްގެ ތެރެއަށް ލުނބޯހުތްކޮޅު އަޅާފައި އޭގެ ތެރެއަށް ގްރެނެޑައިން ސިރަޕާއި ޝުގަރ ސިރަޕްވެސް އަޅާލާ.

ރެޓްރޯގެ ފުން އަސަރު ތައްޔާރުކުރާނޭ ގޮތް--
އެއަށްފަހު އޭގެ ތެރެއަށް އައިސް ކިއުބުކޮޅެއް އަޅާފައި ކޮކްޓެއިލް ޝޭކަރ ކުޑަކޮށް ތަޅުވާލާ.
ކޮކްޓެއިލް ޝޭކަރގައި ހުރި ތަކެތި، ބިއްލޫރިތަށްޓަކަށް އަޅާފައި، ތަށްޓަށް ސަމްސަލެއް ދިމާކޮށްފައި އޭގެ ތެރެއަށް މަޑުމަޑުން ސްޕްރައިޓް އަޅަންވީ.

ރެޓްރޯގެ ފުން އަސަރު ތައްޔާރުކުރާނޭ ގޮތް--
މިހާރު އެހެރީ ރެޓްރޯސްޓައިލްގެ ފުންއަސަރު ތައްޔާރުކުރެވިފައި.

ރެޓްރޯގެ ފުން އަސަރު ތައްޔާރުކުރާނޭ ގޮތް--
މިއީ ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ހެޔޮ އެދުންތަކާއެކު ސަން ބަދިގޭގައި ތައްޔާރުކޮށްފައިވާ ބުއިމެކެވެ.