ބޭނުންވާ ތަކެތި:
- 150 ގރމ ލެޓިއުސް
- 1 ޓޮޓިލާ ބްރެޑް
- 100 ގރމ ކުކުޅު
- 10 މލ ސީޒަރ ޑްރެސިން
ސީޒަރ ޑްރެސިންގ ހެދުމަށް
- 350ގރމ މަޔޮނައިޒް
- 100 ގރމ ރޯސްޓެޑް ލޮނުމެދު
- 40 ގރމ ޕާމަޒަން ޗީޒް
- 15 ގރމ އެންޗޮވިސް
- 100 ގރމ އޮލިވް އޮއިލް
ތައްޔާރުކުރާނޭގޮތް
ފުރަތަމަ ހިނގާ ސީޒަރ ޑްރެސިންގ ތައްޔާރުކޮށްލަން. އެގޮތުން އޮލިވް އޮއިލް ފިޔަވައި އެއަށް ބޭނުންވާ ހުރިހާ އެއްޗެއް ރަނގަޅަށް ބްލެންޑް ކޮށްލާނީ. ރީތިކޮށް ހުރިހާއެއްޗެއް މިކްސްވީމަ، އޭގެ ތެރެއަށް އޮލިވް އޮއިލްކޮޅު އަޅާފައި އެއްކޮށްލާނީ.
ދެން އެއަށްފަހު، ކުކުޅުކޮޅު، ރީތިކޮށް ތެލުލާނީ، (ފާރޮށި ކުނޑިލާފައި ތެލުލުމުން މީރުވާނެ).

ޗިކަން ސީޒަރ ރެޕް ތައްޔާރުކުރާނޭ ގޮތް --
ޓޮޓިލާ ބްރެޑް ކުޑަކޮށް ހޫނުކޮށްލުމަށްފަހު، އޭގެ މަތީގައި ސީޒަރ ޑްރެސިން އުނގުޅާލާނީ. ޓޮޓިލާ ބްރެޑް ނެތްނަމަ އާދައިގެ ރޮއްޓެއްވެސް ރަނގަޅުވާނެ. އެއަށްފަހު އޭގެ މަތީގައި ލެޓިއުސް ކޮޅު އަތުރާލާނީ. ދެން ލެޓިއުސް ލޭޔަރުގެ މައްޗަށް ޕާމަޒަން ޗީޒްކޮޅު ވިއްސާލާނީ. ކުކުޅު ކޮޅު ކޮށާލާފައި ޗީޒް ލޭޔަރުގެ މަތިން އަތުރާލާފަ އަނެއްކާވެސް އޭގެ މަތީން ސީޒަރ ޑްރެސިން ލޭޔަރެއް ދުއްވާލާނީ. އެއަށްފަހު ރޮށި ރީތިކޮށް ރެޕްކޮށްލާނީ (އޮޅާލާނީ).

ޗިކަން ސީޒަރ ރެޕް ތައްޔާރުކުރާނޭ ގޮތް --
މިހާރު އެވަނީ، ޗިކަން ސީޒަރ ރެޕް ތައްޔާރުކޮށް ނިމިފައި. މި ޑިޝްއާއެކު ވެސް ފްރެންޗް ފްރައިޒްކޮޅެއް ތައްޔާރުކޮށްލައްވައިފިއްޔާ ޑިޝް އިތުރަށް ފުރިހަމަވެގެން ދާނެ.

ޗިކަން ސީޒަރ ރެޕް ތައްޔާރުކުރާނޭ ގޮތް --
މިއީ ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ހެޔޮ އެދުންތަކާއެކު ސަން ބަދިގޭގައި ތައްޔާރުކޮށްފައިވާ ޑިޝްއެކެވެ.