ސަން ޓީވީން މި އަހަރު އަލަށް ދައްކާ ޔޫސޭގެ ދިރިއުޅުމަކީ މިއީބާ ގެ އެޕިސޯޑުތައް ސަން ޕްލޭ އިން ބެލޭނެ ގޮތް ހަދަން ނިންމައިފި އެވެ. އެ ގޮތުން ސަން ޓީވީން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:00 ގައި ދެއްކި ދިރިއުޅުމަކީ މިއީބާ ގެ އެޕިސޯޑު މިހާރު ވަނީ ސަން ޕްލޭގައި ހިމަނައިފަ އެވެ.
ސަން ޓީވީން މައުލޫމާތު ދިން ގޮތުގައި މި ރޯދަ މަހު ސަން ޓީވީން އަލަށް ދައްކާ ކޮންމެ އެޕިސޯޑެއް ވެސް ދައްކާ ދުވަހުގެ ފަހު ދުވަހު ސަން ޕްލޭ މެދުވެރިކޮށް ބަލައިލެވޭނެ އެވެ.
ސަން ޕްލޭ އަކީ ސަން މީޑިއާ ގުރޫޕުގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ އޮންލައިން ކޮށް ވީޑިއޯ ބަލައިލެވޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ. ސަން ޕްލޭގައި މިހާރު ވަނީ އެކި ކަހަލަ 3000 އަށް ވުރެ ގިނަ ވީޑިއޯ ހިމަނައިފަ އެވެ.
ސަން ޕްލޭ ތައާރަފު ކޮށްފައި ވަނީ ސަން މީޑިއާ ގުރޫޕާއި އުރީދޫ ގުޅިގެންނެވެ. މި ވަގުތު ސަން ޕްލޭ ގައި ހުންނަ ވީޑިއޯތައް ބެލޭނީ އުރީދޫ ނެޓްވޯކު މެދުވެރިކޮށެވެ.