ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުން އާސެނަލުން ޓިކެޓްގެ އަގު ހެޔޮކުރަން ނިންމައިފި

ކުރިއަށް އޮތް ސީޒަންގައި އާސެނަލް ކުޅޭ މެޗުތަކުގެ ސީޒަން ޓިކެޓުން 10 އިންސައްތަ މަދުކުރާން ވަނީ ނިންމާފައި--

ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުމުވުމުން، އާސެނަލްގެ ގޯލްޑް މެންބަރުންނަށް ވިއްކާ ޓިކެޓުން 10 އިންސައްތަ އަގުހެޔޮކުރަން އެ ކްލަބުން ނިންމައިފިއެވެ.

ޕްރިމިއަރ ލީގުގެ ފަހު މެޗުތައް މިދިޔަ އާދީއްތަ ދުވަހު ކުޅެ ނިމިފައިވާއިރު، އެދުވަ އާސެނަލް ވަނީ، 3-1 ލަނޑުން އެވަޓަންއަތުން މޮޅުވެފައެވެ. އެހެން ނަމަވެސް އެދުވަހު، ލިވަޕޫލް 3-0 ލަނޑުން މިޑްލްސްބަރާ އަތުން މޮޅުވެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރުމުން އާސެނަލް ޖެހުނީ ފަސްވަނައިގައި ލީގު ނިންމައިލާށެވެ.

"އަހަރެމެން ވާނީ ކުރީންވެސް ބުނެފައި 2017/2018 ސީޒަންގެ ޕްރިމިއަރ ލީގު، އެމިރޭޓްސް އެފްއޭ ކަޕް، އަދި ލީގު ކަޕްގެ މެޗުތަކުގެ ޓިކެޓްއަގު ބޮޑު ނުކުރާނޭކަމަށް،" ސީޒަން ޓިކެޓާ ގުޅޭގޮތުން އާސެނަލުން ބުނެފައިވެއެވެ.

އާސެނަލުން ބުނީ، ޗެމްޕިއަންސް ލީގުގެ ޓިކެޓް ވިއްކުމުގައި އަގުގެ ތަފާތެއް ގެންގުޅުނު ނަމަވެސް، ސީޒަން ޓިކެޓް ދޫކުރާއިރު ޔޫރޮޕާ ލީގު މެޗުތަކުގެ ޓިކެޓުން ވެސް ރަނގަޅު ޑިސްކައުންޓެއް ލިބޭގޮތަށް ޕްލޭންތައް ހަދާފައިވާ ކަމަށެވެ.

"ސީޒަން ޓިކެޓްގައި ހިމަނާފައި ވާނެ، އަމިއްލަ ދަނޑުގައި ކުޅޭ ޕްރިމިއަރ ލީގު 19 މެޗާއި، އަދި އެމިރޭޓްސްގައި ކުޅޭ ޔޫރަޕިއަން މުބާރާތްތަކުގެ ފުރަތަމަ ހަތް މެޗުގެ އިތުރުން އެމިރޭޓްސް އެފްއޭ ކަޕްގެ މެޗުތައް،" ސީޒަން ޓިކެޓާގުޅޭ ގޮތުން އާސެނަލުން ބުނެފައިވެއެވެ.

comment ކޮމެންޓް