އެފްއެންބީ ޝޯގެ އޯގަނައިޒަރަށް ހޮބްސަންސް ޗޮއިސްގެ ހަދިޔާއެއް!

އެފްއެންބީ ޝޯޣޭ ފަހު ރޭ ޑާ ހޮބްސަންސް ޗޮއިސްއިން ހައިރައިޒަށް ދިން ގިފްޓް ހެމްޕާ -- ފޮޓޯ: ހައިރައިޒް

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށް ގެންދިޔަ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ)ގެ ފަހު ރޭގެ ގްރޭންޑު ލަކީ ޑްރޯ ނެގި އިރު، އެ މައުރަޒު އޯގަނައިޒް ކުރި ފަރާތް ކަމުގައިވާ ހައިރައިޒަށް "ދަ ހޮބްސަންސް ޗޮއިސް" ކުންފުނީގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފިއެވެ.

މައުރަޒުގައި އެކި ވިޔަފާރިތަކުން ރީޓެއިލް ކުރާ، ނުވަތަ ހޯލްސޭލް ކުރާ އުފެއްދުންތައް ޝޯކޭސް ކުރުމުގެ ފުރުސަތު ހައިރައިޒް އިން ހުޅުވާލުމުން ޖުމްލަ 15 ކުންފުންޏަކުން ބައިވެރިވިއެވެ.

އެކުންފުނިތަކުން ސްޕޮންސާ ކުރީ، މައުރަޒު އޮތް ތިން ރޭ ނެގި ގްރޭންޑް ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް ދޭ ހަދިޔާތަކެވެ.

ރޭ އެފްއެންބީ ޝޯގެ ސްޓޭޖު މަތިން ހައިރައިޒަށް ދިން ގިފްޓް ހެމްޕާ ހަވާލު ކުރީ ހޮބްސަންސް ޗޮއިސްގެ ދެ ޑިރެކްޓަރުން ކަމުގައިވާ މުހައްމަދު ޖަލާލާއި އަލީ ޝިޔާޒެވެ.

ދަ ހޮބްސަންސް ޗޮއިސްގެ މާކެޓިން ހެޑް، ޔޫސުފް ޝާހު ވިދާޅުވީ ހައިރައިޒަށް ހަދިޔާއެއް ދިނީ އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިނީތީ އަގު ވަޒަންކޮށް ދެ ކުންފުނީގެ މެދުގައިވާ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ މައުރަޒުގެ ސަބަބުން ކުންފުންޏާއި ކުންފުނީގެ ޕްރޮޑަކްޓުތަކަށް ބޮޑު އެކްސްޕޯޝާ އެއް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފްއެންބީ ޝޯގެ ތެރޭގައި ބައިވެރިވި ބައެއް ކުންފުނިތަކުން 30 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ މިންވަރެއްގެ ޑިސްކައުންޓް އަގެއްގައި ތަކެތި ވިއްކަމުން ދިޔަ އިރު ހޮބްސަންސް ޗޮއިސްއިން ތަކެތި ދޫކުރީ 100 ޕަސެންޓުގެ ޑިސްކައުންޓާ އެކު ހިލޭ އެވެ.

ޝާހު ވިދާޅުވީ މައުރަޒުގެ ތެރެއިން އެ ކުންފުނީގެ ސްޓޯލަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ހައިރައިޒާ ގާތުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް