ޝޭޑީޖޭ އާއެކު ރޮބޯ މޭންގެ ޑާންސް މިއަދު ހަވީރު އެފްއެންބީ ޝޯގައި އޮންނާނެ!

ނެށުމުގެ ތަފާތު ހުނަރެއްގެ ވެރި "ރޮބޯ މޭން" އާއި ހުނަރުވެރި ޑީޖޭ، "ޝޭޑީޖޭ"ގެ ހުށަހެޅުންތަކެއް އެފްއެންބީ ޝޯގައި މިއަދު ހަވީރު ދައްކާލަން ހަމަޖައްސައިފިއެވެ.

ހައިރައިޒްގެ އޮޕަރޭޝަންސް މެނޭޖަރު ނައްވާފު ރަޝީދު ވިދާޅުވީ، އެފްއެންބީ ޝޯގެ މިއަދުގެ ސެޝަން ކުރިއަށްދާއިރު ހަވީރުގެ ވަގުތުގައި ކުރިއަށް ގެންދާނީ ޝޭޑީޖޭގެ ޑީޖޭއާއި ރޮބޯ މޭންގެ ޑާންސާ އެކުގައި ކަމަށެވެ.

ރޮބޯ މޭން އަކީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ރޮބޯ މޭންގެ ހުނަރުތައް ވަނީ މާލޭގައި ބާއްވާ އެކި އިވެންޓުތަކުން ފެނިގެން ގޮސްފައެވެ. އެހެން ކަމުން މިއަދު ހަވީރު އެފްއެންބީ ޝޯއަށް ޒިޔާރަތްކޮށް ރޮބޯ މޭންގެ ހުނަރު ބަލާލުމުގެ ފުރުސަތު މިއޮތީ ފަހި ވެފައެވެ. ސެލްފީވެސް ނެގޭނެ އެވެ.

މިއަދު ހަވީރު ދެން ދައްކާލާނީ ޝޭޑީޖޭގެ ހުނަރުތަކެވެ. ޝޭޑީޖޭ އަކީ ހުނަރުވެރި ޑީޖޭ އާޓިސްޓެކެވެ.

އިއްޔެއިން ފެށިގެން މާދަމައިގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޝޯގެ ފުރަތަމަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔައީ ހަބޭސް ބޮޑުބެރުގެ ހަރަކާތްތަކާ އެކު އެވެ. މިއަދު ޝޭޑީޖޭއާއި ރޮބޯ މޭން ޝޯގެ ތެރެއިން ފެނިގެންދާނެ އިރު މާދަމާ އޮތީ ވަރަށް ޚާއްސަ ހުށަހެޅުންތަކެކެވެ.

ނައްވާފް ވިދާޅުވި ގޮތުގައި މާދަމާ އޮންނާނީ ހަބޭސް ފިއުޝަނާއި އެކު މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި، އިބްރާހިމް ވަހީދު (ބޮޑުބެ)ގެ ހުށަހެޅުންތަކެކެވެ.

އެފްއެންބީ ޝޯ އަކީ ކާބޯތަކެތީގެ ބާވަތްތައް ހިމަނައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި ބައިވެރި ކުރުވަނީ ހަމައެކަނި ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން، މައުރަޒުގައި ބައިވެރިވާ ކުންފުނިތަކުން ޕްރޮމޯޓުކުރާ ޕްރޮޑަކްޓުތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ޒިޔާރަތްކުރާ ފަރާތްތަކަށް އޮވެއެވެ. އަދި ކޮންމެ ދުވަހަކު ނެގޭ ގްރޭންޑް ލަކީ ޑްރޯއިން ހޮވާލެވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއްވެސް ދޭން ވަނީ ހަމަޖައްސާފައެވެ.

ފުރުސަތުގެ ބޭނުން ހިއްޕަވައިގެން އެފްއެންބީ ޝޯއަށް ދާން އަވަހަށް ތައްޔާރު ވާށެވެ. މިއަދުގެ ޝޯ ހަވީރު 04:00 ގައި ފަށާނެ އެވެ.

comment ކޮމެންޓް