ދުނިޔޭގެ ފުރަތަމަ 'ޑްރޯން ޖަމްޕް' 1،082 ފޫޓު މަތިން!

ފުރަތަމަ ޑްރޯން ޖަމްޕްގެ ވީޑިއޯގެ ތެރެއިން --

މަތިންދާބޯޓަކުން ފުއްމާލައިގެން ސްކައިޑައިވް ކުރާ ވާހަކަ މީގެ ކުރިން އަޑު އިވިފައި އޮވެދާނެ އެވެ. ނަމަވެސް ޑްރޯން ޑައިވިން ނުވަތަ ޑްރޯން ޖަމްޕް ކުރާ ވާހަކައަކީ އަލަށް އަޑު އިވޭ ވާހަކައަކަށް ވެދާނެ އެވެ.

ލަޓްވިއާގެ ޑްރޯން އުފައްދާ ކުންފުންޏެއް ކަމަށްވާ އެއިރޯންސް އިން ބުނާ ގޮތުގައި ދުނިޔޭގެ އެންމެ ފުރަތަމަ ޑްރޯން ޖަމްޕް ކުރީ އެކުންފުނީގެ ފަރާތުންނެވެ. އެއިރޯންސްއިން ޔޫޓިއުބުގައި ޕޯސްޓުކޮށްފައިވާ ވީޑިއޯއަކުން ފެނިގެންދަނީ އެކުންފުނީގެ 28-ޕްރޮޕެލާ ޑްރޯން އުދުއްސާލުމުން އޭގައި ހިފަހައްޓައިގެން މީހަކު ވައިގެ ތެރެއަށް އަރާ މަންޒަރެވެ.

އަދި އެޑްރޯން ގާތްގަނޑަކަށް 1،082 ފޫޓަށް އެރި ފަހުން އެމީހާ ޑްރޯނުން އަތް ދޫކޮށްލައި، އިރުކޮޅަކުން ޕެރެޝޫޓް ހުޅުވާ މަންޒަރެވެ. މިދިޔަ ހުކުރު ދުވަހު އެއިރޯންސްއިން ޕޯސްޓު ކުރި އެވީޑިއޯއަށް ވަނީ މިހާތަނަށް 200،000ށް ވުރެ ގިނަ މީހުންގެ ސަމާލުކަން ލިބިފައެވެ.

އެއިރޯންސް އިން ބުނި ގޮތުގައި އެ ޑްރޯން ޖަމްޕްގެ ބޭނުމަކީ ތަފާތު ބޭނުންތަކަށް ޑްރޯން ބޭނުން ކުރެވޭކަން ދެއްކުމެވެ.

"މުސްތަގުބަލުގައި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، އަލިފާން ނިއްވުމުށާއި އަދި އެހެނިހެން އެފަދަ މަސައްކަތްތައް ކުރަން އަޅުގަނޑުމެންގެ ޓެކްނޮލޮޖީ ބޭނުން ކުރާނެ" އެއިރޯންސްގެ ޗީފް އިންޖިނިއަރު ވިދާޅުވި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެޑްރޯން އުފެއްދުމަށް 37،000 ޑޮލަރު ހަރަދުވި އެވެ. އަދި އެ ޑްރޯނުން 200 ކިލޯގްރާމް އުފުލުނު ނަމަވެސް މިވަގުތު އެޑްރޯނަށް ދަތުރު ކުރެވެނީ ގާތްގަނޑަކަށް 10 މިނިޓަށެވެ.

comment ކޮމެންޓް