ދިވެހި އުފެއްދުންތަކަށް ހާއްސަ ސަބާ މޯލްޑިވްސް ބާޒާރު: މިއަދަކީ ފަހު ދުވަސް

ސަބާ މޯލްޑިވްސް އަހަރީ ބާޒާރުގައި ވިއްކަން ހުރި ބައެއް ތަކެތި --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ދިވެހި އުފެއްދުންތަކަށް ހާއްސަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމަށްވާ ސަބާ މޯލްޑިވްސް އިން އެ ސޮސައިޓީގެ އުފެއްދުންތަކަށް ހާއްސަކޮށް "ސަބާ މޯލްޑިވްސް އަހަރީ ބާޒާރު" ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

ސަރުކާރުގެ 60 ޕަސެންޓް ހިއްސާ އަދި އާންމުންގެ 40 ޕަސެންޓް ހިއްސާ އޮންނަ "ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީ"ގެ ޗެއާޕާސަން އަދި ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ، ބާޒާރު ކުރިއަށްދަނީ ދެ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ސަބާ މޯލްޑިވްސް އަހަރީ ބާޒާރުގައި ވިއްކަން ހުރި ބައެއް ތަކެތި --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

އެގޮތުން އިއްޔެ ބާޒާރު ކުރިއަށްގެންގޮސްފައިވާ އިރު، މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ކުރިއަށްގެންދާނެ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ. ބާޒާރު ކުރިއަށްގެންދަނީ އާޓްގެލެރީގަ އެވެ.

އޭނާ ވިދާޅުވީ ބާޒާރުގައި ވިއްކަން ހުންނަ ތަކެތީގެ ތެރޭގައި، އެކި ބާވަތްތަކުގެ ދިވެހި ހަވާދާއި ލޮނުމިރުހާއި މަސްމިރުސް އަދި އެކި ބާވަތްތަކުގެ ރިހާކުރާއި އަސާރަ ފަދަ ބާވަތްތައް ހިމެނޭނެ ކަމަށެވެ.

ސަބާ މޯލްޑިވްސް އަހަރީ ބާޒާރުގައި ވިއްކަން ހުރި ބައެއް ތަކެތި --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

އޭގެ އިތުރުން އަތްތެރިކަމުގެ ބާވަތްތަކާއި ފެހުމާއި މޭކަޕް ކުރުމުގެ އެކި ސާމާނުތައް ވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބާޒާރުގައި ދިވެހި ކަނބަލުންގެ އުފެއްދުންތަކުގެ ރަހަ ވަގުތުން ބަލާލުމަށް ހާއްސަ ކެންޓީނެއް ވެސް ހުންނާނެ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

ސަބާ މޯލްޑިވްސް އަހަރީ ބާޒާރުގައި ވިއްކަން ހުރި ބައެއް ތަކެތި --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ސަބާ މޯލްޑިވްސް އަހަރީ ބާޒާރަށް ވަނުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ. އަދި އެތަނުން ބޭނުންވާ ތަކެތި ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.

comment ކޮމެންޓް