މެޗަކުން ބަލިނުވެ އެމްޕީއެލް އަދި ޗެމްޕިއަން ބީއެމްއެލް ސެމީ ފައިނަލަށް

މިރޭ ބީއެމްއެލް އަދި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ޔުނައިޓެޑް ބީއެމްއެލް އަދި އެމްޕީއެލް ދަތުރުކޮށްފިއެވެ.

ބީއެމްއެލްއިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ މިރޭ ކުޅުނު ކުއާޓާފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ސްޓެލްކޯ މައްޗަށް ކުރިހޯދައިގެންނެވެ. އެމްޕީއެލްއިން ސެމީގެ ޖާގައެއް ކަށަވަރުކުރީ 6-3 ނަތީޖާއަކުން އެސްޓިއޯ ބަލިކޮށްގެންނެވެ.

މިރޭގެ ކުއާޓާރ ފައިނަލް މެޗަށް ބީއެމްއެލް ނުކުތީ ތަށި ދިފާއުކުރުމަށް އަމާޒުހިފައިގެންނެވެ. ނަމަވެސް ސްޓެލްކޯއިންވަނީ ބީއެމްއެލްގެ އެ އުންމީދުތައް ހާސިލް ކުރުމަށް ބޮޑެތި ހުރަސްއަޅައިފައެވެ. އެގޮތުން ސްޓެލްކޯ ޓީމުން ޗެމްޕިއަން ބީއެމްއެލް އަށް ރަނގަޅު "ފައިޓެއް" މި މެޗުގައި ދިން އިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމް 1-1 އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެޓީމު އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު އެ މެޗް ބީއެމްއިލް ގެންދިޔައީ ޕެނަލްޓީން ކުރި ހޯދައިގެންނެވެ. ރާއްޖޭގައި ފުޓްސަލް ކުޅޭ މޮޅެތި ކުޅުންތެރިން ބީއެމްއެލް ޓީމުގައި ހިމެނޭއިރު އެޓީމް ސެމީއާ ހަމައަށް އައީ މެޗަކުން ބަލިނުވެއެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި ސްޓެލްކޯ އަދި އެސްޓީއޯ މިރޭ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސެމީގެ ދެވަނަ ޖާގަ ކަށަވަރުކުރީ އެ މުބާރާތުގައި އެންމެ ކާމިޔާބު އެއްޓީމު އެމްޕީއެލްއިންނެވެ. މުބާރާތުގެ އެންމެ ވަރުގަދަ އެއްޓީމު ކަމަށްވާ އެސްޓީއޯގެ މައްޗަށް އެމްޕީއެލް ކުރިހޯދީ އެޓީމުކޮޅަށް ހަ ގޯލް ޖަހައިގެންނެވެ. އެސްޓިއޯއަށް ޖެހުނީ ތިން ލަނޑެވެ.

އެ ނަތީޖާއަކު މި ދެޓީމް ސެމީފައިނަލުން ޖާގަ ކަށަވަރު ކުރި އިރު، ސެމީގައި ވާދަކުރާން ޖެހޭނީވެސް މި ދެޓީމެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ފުޓްސަލް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

comment ކޮމެންޓް