ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އަންނަ މަހުގެ ތިން ވަނަ ދުވަހު

ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އަންނަ މަހު ފަށަނީ--ފޮޓޯ / ސްވިމިންގް އެސޯސިއޭޝަން

ފަނަރަ ވަނަ މަކިޓާ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އަންނަ މަހު ބޭއްވުމަށް ނިންމައި އެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށް މާލޭ ޓްރެކް ސަރަހައްދުގައި ކަމަށެވެ.

އެ މުބާރާތުގައި ފަސް އުމުރުއުފުރާއަކުން ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެސޯސިއޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ސްވިމިންގ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އަންހެން އަދި ފިރިހެން ދެބަޔަށްވެސް ވާދަ ކުރެވޭ ގޮތަށް ކުރިއަށްގެންދާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވަލާފައިވާ އުމުރުފުރާ ތަކަކީ 16 އަހަރުންމަތި، 16 އަހަރުން ދަށް، 14 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 10 އަހަރުން ދަށެވެ.

ޖުމުލަ 14 އިވެންޓެއް މިމުބާރާތުގައި ހިމެނޭއިރު ކޮންމެ އުމުރުފުރާއަކުންވެސް ނުވަ އިވެންޓުގައި ވާދަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ަމައުލޫމާތުދެއެވެ.

comment ކޮމެންޓް