ޕޭ ކޮމިޝަނުގެ މެމްބަރުންނަށް 10،000 ރުފިޔާ މުސާރައަށް ދޭން ފާސްކޮށްފި

މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން-- ފޮޓޯ/ މަޖިލިސް

ނެޝަނަލް ޕޭ ކޮމިޝަނުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި މަހަކަށް 10،000 ރުފިޔާ އަދި ޕޭ ކޮމިޝަނުގެ ނައިބު ރައީސަށް 12،000 ރުފިޔާދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމާފައި ވަނީ މުސާރައިގެ އިތުރުން އެ މެމްބަރުންނަށް ހަމައެކަނި ލިބޭނީ ގާނޫނުން ލިބެން ޖެހޭ އިނާޔަތް ކަމަށެވެ. އެހެން އިތުރު އިނާޔަތެއް ނުލިބޭނެ ކަމަށް މަޖިލީހުގެ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެެވެ. އެގޮތަށް ފާސްކުރަން 52 މެމްބަރުން ވަނީ ވޯޑު ދެއްވާފަ އެވެ. އަދި އެގޮތަށް އުސޫލާ ދެކޮޅަށް ދެ މެމްބަރުން ވޯޓު ދީފަ އެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސް ޔާމީން ވަނީ ޕޭ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވައިފަ އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތަރު މެންބަރުންނާއި، މާލީ ވަޒީރެވެ. ކޮމިޝަންގެ ރައީސެއްގެ ގޮތުގައި ހުންނަވަނީ އެ ވަގުތަކު ހުންނަވާ މާލީ ވަޒީރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް