އެސްޓާސް އިން ޗައިނާގެ މައިލިންގް ބްރޭންޑުގެ ފްރިޖު ތައާރަފުކޮށްފި

އެސްޓާސްގައި މައިލިންގް ފްރިޖުތަކެއް --- ފޮޓޯ/ އެސްޓާސް

ޗައިނާގެ ހޭފެއި މައިލިންގް ކުންފުނިން އުފައްދާ މައިލިންގް ބްރޭންޑުގެ ރެފްރިޖެރޭޓަރު، އެސްޓާސްއިން ތައާރަފުކޮށްފި އެވެ.

އެސްޓާސްއިން މައުލޫމާތު ދޭ ގޮތުގައި، މައިލިންގް ބްރޭންޑުގެ ފްރިޖު އެކުންފުނިން ވިއްކަނީ އެއް އހަަރު ދުވަހުގެ ވޮރެންޓީއާ އެކުގަ އެވެ.

އެ ބްރޭންޑުގެ ތިން ސައިޒެއްގެ ފްރިޖު، ހެޔޮ އަގުގައި އެސްޓާސްއިން ލިބެން ހުރެއެވެ. އޭގެ ތެރޭގައި 200 ލީޓަރުގެ ނޯފްރޮސްޓު ފްރިޖު 3،290 ރުފިޔާއަށް 198 ލީޓަރުގެ ނޯފްރޮސްޓު ފްރިޖު 4،490 ރުފިޔާއަށް، އަދި 315 ލީޓަރުގެ ނޯފްރޮސްޓު ފްރިޖު 5،990 ރުފިޔާއަށް އެސްޓާސްއިން ލިބެން ހުންނާނެ އެވެ.

ޗައިނާގެ މައިލިންގް ކުންފުނިން އަހަރަކު 2.5 މިލިޔަން ފްރިޖު އުފައްދާ އިރު، އޭގެ ތެރޭގައި ރެފްރިޖެރޭޓާރާއި ޗެސްޓު ފްރީޒަރު އަދި ޑީޕް ފްރީޒަރު ހިމެނެ އެވެ. އަދި އަހަރަކު އުފައްދާ ފުރިޖުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ތަކެތި އެކްސްޕޯޓުކުރަނީ ޔޫރަޕާއި އެމެރިކާއަށެވެ.

މައިލިންގްއަކީ އެކުންފުނީގެ ޕްރޮޑަކްޓްތައް އުފެއްދުމުގައި ރީސާޗް އެންޑް ޑިވެލޮޕްމެންޓަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކުންފުންޏެކެވެ. އެކުންފުނީގެ މުވައްޒަފުންގެ 20 ޕަސަންޓަކީ ރީސާޗް އެންޑް ޑިވެލޮޕްމެންޓްގައި ވަޒީފާ އަދާކުރާ އިރު، މައިލިންގް ރީސާޗް އިންސްޓިޓިއުޓުގައި ޕޕޯސްޓް ޑޮކްޓޯރަލް ސްޓޭޝަނެއްގެ އިތުރުން ޕްރޮޑަކްޓް ޑިވެލޮޕްމެންޓްގެ މަސައްކަތް ކުރާ ފަސް ސެންޓަރު ހިމެނެ އެވެ.

މައިލިންގްއިން ވަނީ 190 ޑިގްރީއާ ހަމައަށް ޑީޕްފްރީޒް ކުރެވޭ ޕްރޮޑަކްޓެއް އުފައްދައި، އެންމެ ދަށް ޓެމްޕަރޭޗަރުގެ ފްރިޖު އުފެއްދުމުގެ ދުނިޔޭގެ ރެކޯޑު ވެސް ހާސިލުކޮށްފަ އެވެ.

comment ކޮމެންޓް