އައިބީއެމް އިން 6.4 ބިލިއަން ޑޮލަރަށް ހާޝިކޯޕް ގަންނަން ނިންމައިފި

އައިބީއެމް -- ކްލައުޑް ކޮމްޕިއުޓިންއަށް ޚާއްޞަ ކުންފުންޏެއް

އެމެރިކާގެ މަލްޓިނޭޝަލް ޓެކްނޮލޮޖީ ކުންފުނި، އިންޓަނޭޝަނަލް ބިޒްނަސް މެޝިންސް ކޯޕަރޭޝަން (އައިބީއެމް) އިން 6.4 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން އެމެރިކާއަށް ނިސްބަތްވާ އެހެން ސޮފްޓްވެއާ ކުންފުންޏެއްކަމަށްވާ "ހާޝިކޯޕް" ގަންނަން ނިންމައިފިއެވެ.

އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން އައިބީއެމް އިން ހާޝިކޯޕަށް ހިއްސާއަކަށް 35 ޑޮލަރު ދައްކަން ނިންމާފައިވާއިރު، މިއީ ހޯމަ ދުވަހު އެ ކުންފުނީގެ ކްލޯސިން ސްޓޮކް ހުރި އަގަށް ވުރެ 42.6 ޕަސެންޓް ބޮޑު އަދަދެކެވެ. މި އިއުލާނާއެކު ހާޝިކޯޕްގެ ހިއްސާ ހަތަރު ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އައިބީއެމްގެ ހިއްސާ ވަނީ ހަތް ޕަސެންޓް ދަށަށް ގޮސްފައެވެ.

މަލްޓި ކްލައުޑް އިންފްރާސްޓްރަކްޗާ އޮޓޮމޭޝަން ސޮފްޓްވެއާ ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ހާޝިކޯޕް ގަތުމުން އައިބީއެމްގެ ކްލައުޑް ކެޕޭސިޓީ ފުޅާކުރުމަށް އައިބީއެމްއިން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. މިއީ އޭއައި ޓެކްނޮލޮޖީ ފުޅާކުރުމަށް އެކުންފުނިން ކުރާ މަސައްކަތުގެ ބައެއްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

"މިއީ އައިބީއެމްގެ ސްމާޓް ޑީލެއް. އެ މީހުން ލީޑަރެއް ގަންނަނީ، އެއީ އެ މީހުންގެ މިހާރުގެ ޕޯޓްފޯލިއޯ ކޮމްޕްލިމެންޓް ކޮށްދޭ ކަމެއް،" މާކެޓް ރިސާޗް ފާމް އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަންގެ ވައިސް ޕްރެޒިޑެންޓް ސްޓެފަން އެލިއަޓް ވިދާޅުވިއެވެ.

ހާޝިކޯޕްގެ އުފެއްދުންތަކުގެ ސަބަބުން ކަސްޓަމަރުންނަށް ކްލައުޑް ކޮމްޕިއުޓިން ޕޯޓްފޯލިއޯ ހަރުދަނާކޮށް، އޭއައިއިން އުފައްދާ އެޕްލިކޭޝަންތަކަށް އޮތް ޑިމާންޑް ހަލުވިކަމާއެކު އިތުރުވަމުންދާނެއެވެ.

އަދި އައިބީއެމްއިން ކުރަމުންދާ މަސައްކަތާ އެއްގޮތްވާ ގޮތުގެ މަތިން، ގިނަ ކްލައުޑް ޕްލެޓްފޯމްތަކުގައި އިންފްރާސްޓްރަކްޗާތައް އިތުރަށް ގާއިމުކޮށް މެނޭޖްކުރެވޭނެއެވެ.

އައިބީއެމްއިން ބުނީ މާޗު މަހު ނިމުނު ފުރަތަމަ ކުއާޓަރުގައި ހިއްސާއަކަށް 1.68 ޑޮލަރުގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވާ ކަމަށާއި މިއީ އެނަލިސްޓުން އެވްރެޖްކޮށް އަންދާޒާކުރި 1.60 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ. އެހެންނަމަވެސް، އިޤްތިޞާދީ ނުތަނަވަސްކަމުގެ ތެރޭގައި ކްލައިންޓުން އިޚްތިޔާރީ ޚަރަދުތައް ކުރުމާގުޅިގެން، 14.46 ބިލިއަން ޑޮލަރުގެ ޖުމްލަ އާމްދަނީ ވަނީ އުއްމީދުކުރި ވަރަށްވުރެ ތަންކޮޅެއް ދަށްވެފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭއައި ޕްރޮގްރާމްތަކުގައި ބޭނުންކުރާ ގިނަ އަދަދެއްގެ ޑޭޓާ ރައްކާކޮށް ޕްރޮސެސް ކުރުމަށް އޮތް ޑިމާންޑް ފޫބެއްދުމަށް އައިބީއެމްގެ ކްލައުޑް ވިޔަފާރި ދެގުނަ އަށް ދަށަށް ދާއިރު، ހާޝިކޯޕްގެ މަލްޓި ކްލައުޑް އޮޓޮމޭޝަން ކެޕޭސިޓީ އިތުރުކުރުމުން، ވާދަވެރި ކްލައުޑް ކޮމްޕިއުޓިން މާކެޓުގައި އެ ކުންފުނީގެ ދަރަޖަ ވަރުގަދަވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު