އެއް ޖަނަރޭޓަރުން ނަރުދުއަށް ކަރަންޓު ދީފި، އިތުރު ޖަނަރޭޓަރެއް މިރޭ ގެންދަނީ

ނަރުދޫ އިންޖީނުގޭގެ ހުރި އިންޖީނުގައި ރޯވެ ދުން އަރަނީ ---

ށ. ނަރުދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ ޖަނަރޭޓަރުގައި ރޯވެ މުޅި ރަށުން ކަރަންޓް ދިޔަ ނަމަވެސް އެއް ޖަނަރޭޓަރުގެ އެހީގައި އަލުން މުޅި ރަށަށް ކަރަންޓް ދީފިއެވެ.

މިއަދު މެންދަރު 12:05 ހާއިރު ހިނގި އެ ހާދިސާގައި ރޯވެފައި ވަނީ 80 ކިލޯ ވޯޓާއި 50 ކިލޯ ވޯޓްގެެ ދެ ޖަނަރޭޓަރުގައެވެ. ވިހި މިނެޓަށްފަހު ރައްޔިތުންގެ މަސަތްކަތުން ވަނީ އަލިފާން ނިއްވާލައިފައެވެ.

'ސަން' އާ ވާހަކަ ދައްކަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކިޓްރު އަހުމަދު ޝަރީފު ވިދާޅުވީ، މިއަދު ހަވީރު 5:35 ހާއިރު މުޅިރަށަށް ކަރަންޓް ދީފައިވާ ކަމަށެވެ. މިހާރު ކަރަންޓް ދެމުން ދަނީ އެރަށު އިންޖީނުގޭގައި ހުރި 50 ކިލޯ ވޯޓްގެ އެއް ޖަނަރޭޓަރުންނެވެ. އަދި ށ. ފޭދޫއިން 128 ކިލޯ ވޯޓްގެ ޖަނަރޭޓަރެން ގަނައުމުގެ މަސަތްކަތް ފަށާފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

"ޓްރާންސްޕޯޓް ހަމަ ނުޖެހިގެން މިހާރު ލަސްވަމުުން ދަނީ. ހދ. ކުޅުދުއްފުށީން ދޯންޏެއް ގެނެސްގެން ޖަނަރޭޓަރު މިރޭގެ ވަގުތެއްގައި ނަރުދޫއަށް ގެނެވޭތޯ މަސަތްކަތް ކުރަމުން މިދަނީ،" ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 50 ކިލޯ ވޯޓްގެ ޖަނަރޭޓަރުން ވެސް 111 ގެއަށް ކަރަންޓް ދެވޭނެ ކަމަށާއި 128 ކިލޯގެ ޖަނަރޭޓަރު ގެނައުމުން އެއް ޖަނަރޭޓަރު ބެކަޕެއްގެ ގޮތުގައި ބައިންދާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާގެ ސަބަނުން ދެ ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

comment ކޮމެންޓް