މަސީހާ އެއްކޮޅަށް ޕީޕީއެމް އެމްޑީއޭ ޕީޖީން ތްރީލައިން ވިޕެއް ނެރެފި

25 މާޗް 2017: މަސީހާ އެކު ޕީޕީއެމް އެމްޑީއޭ، ޕީޖީ މެމްބަރުން: މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ ވޯޓް ނަގަން އުޅޭތީ ސާޅީސް އެއް މެމްބަރުންނާއެކު ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބޭރު ކުރަން ނުފެންނަ ކަމަށް ވޯޓު ދޭން ޕީޕީއެމް އެމްޑީއޭ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި 42 މެމްބަރުން ބައިވެރިވިކަން 'ސަން' އަށް ވަނީ އެނގިފަ އެވެ.

އެ ބައްދަލުވުމުގައި ނިންމާފައިވަނީ ޕީޕީއެމް އެމްޑީއޭ ޕީޖީ ގުރޫޕުގައި ހިމެނޭ ހުރިހާ މެމްބަރުން ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓާ ދެކޮޅަށް ސީދާ ރަތަށް ފިތަން ވަނީ ހުރިހާ މެމްބަރުންނަށް އަންގާފަ އެވެ.

ޕީޕީއެމް ޕީޖީ ގުރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ މަސީހު ދުރުކުރަން ނަގާ ވޯޓުން އިދިކޮޅު ފަރާތްތަކުން ބޮޑުތަނުން ފެއިލް ވާނެ ކަމަށެވެ.

ޕީޕީއެމްމުން މިރޭ ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރި ނުވަނީ ކޮން މެމްބަރުންނެއް ކަމެއް ސާފެއް ނުވެ އެވެ. އިއްޔެ ބޭއްވި ޕްރެސްގައި ބައިވެރިވެފައި ވަނީ 41 މެމްބަރުންނެވެ.

ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ މާދަމާގެ ވޯޓު މަސީހާ ދެކޮޅަށް ދިނުމަށް ތްރީ ލައިން ވިޕެއް ނެރެފަ އެވެ.

މާދަމާ ނުވައެއް ޖަހާއިރަށް ޖަލްސާ އެޖެންޑާކޮށްފައިވާ އިރު ފުރަތަމަ އޮންނާނީ ބަހުސް މަރުހަލާ އެވެ. ބަހުސުގެ މަރުހަލާއަކީ ދެ ގަޑި އިރެވެ. އޭގެ ތެރެއިން މައްސަލާގައި ޖަވާބު ދާރީވުމަށް މަސީހުއަށް 30 މިނިޓްގެ ފުރުސަތެއް ދެވޭނެ އެވެ.

comment ކޮމެންޓް