ޖޯން އާއި ޕްރިޔާ ވަރި ވަނީ؟

ޖޯން އަބްރަހަމް އާއި ޕްރިޔާ ރުންޗަލް ކައިވެނި ކުރީ މީގެ ދެ އަހަރު ކުރިން

މީގެ ދެ އަހަރު ކުރިން ކައިވެނި ކުރި ބޮލީވުޑުގެ އެކްޓަރު ޖޯން އަބްރަހަމްގެ ދެމަފިރިން ވަރިވާން އުޅޭ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޖޯން އާއި ޕްރިޔާ ރުންޗަލް ކައިވެނި ކުރީ މީގެ ދެ އަހަރު ކުރިންނެވެ. ދެ މީހުންގެ ކައިވެނީގައި ބޮޑެތި މައްސަލަތަކެއް ޖެހި ދެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ހިސާބަށް ކަންކަން ދިޔައީ މީގެ ދެތިން ހަފްތާ ކުރިން ކަމަށްވެ އެވެ.

ޚަބަރުތައް ބުނާގޮތުން ހިނގި ދެބަސްވުމެއް ގޯސްވީ ޖޯންގެ ކުރީގެ ލޯބިވެރިންގެ ވާހަކަތައް ޕްރިޔާ ދައްކަން ފެށުމުންނެވެ. އެއަށް ފަހު ދެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ކަމަށްވެ އެވެ.

ޕްރިޔާ އަކީ އެމެރިކާގައި އިންވެސްޓްމެންޓް ބޭންކަރ އެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. ޖޯން ވެސް އިންޑިއާގައި މަސައްކަތުގައި ބުރަކޮށް އުޅުމުގެ ސަބަބުން ކައިވެންޏަށް ފަހު ވެސް ދެމީހުން ގިނައިން އުޅެނީ ވަކިންނެވެ.

ކައިވެނީގައި މައްސަލަ ޖެހޭ ސަބަބަކީ އެއީ ކަމަށް ދެމީހުންގެ ގާތް ފަރާތްތަކާ ހަވާލާދީ ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް