އެމްޓީސީސީގެ ކުރީގެ ސީއީއޯ ހަލީމް އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ހަމަޖައްސައިފި

އިބްރާހިމް އަބްދުލްރައްޒާގް ހަލީމް -- ސަން ފައިލް ފޮޓޯ/

އެމްޓީސީސީ ކުރީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ކަމުގެ މަގާމު ދެއްވައިފިއެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެކުންފުނީގެ ސީއީއޯ ކަމަށް ހަލީމް ހަމަޖައްސާފައިވާ ކަމަށާއި އެކަން އެ އޮފީހަށް މިހާރު އަންގާފައިވާ ކަމަށެވެ.

ހަލީމް މިހާތަނަށް ހުންނެވީ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އޭނާ އައްޔަން ކުރީ، ރޭގެ ވަގުތެއްގައި އެކުންފުނީގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނެއިދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިހާތަނަށް އެމްއާރުޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ހަލީމް، އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ބަދަލުކޮށްފައިވާއިރު އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ސަރުކާރުގެ ދެކުންފުންޏެއްގެ އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން އޭނާ ފުރުއްވި ފުރަތަމަ މަގާމަކީ އެމްޓީސީސީގެ ސީއީއޯގެ މަގާމެވެ. އެއަށްފަހު ހުންނެވީ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

comment ކޮމެންޓް