ކުޅުންތެރިން ތިބީ މޮޅެއް ހޯދަން ކެތްމަދުވެފައި: ފެސްކޯ

ފެބްރުއަރީ 21، 2017: އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގެ ފުރަތަމަ ލެގުގައި ވެލެންސިއާއާއި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އިންޑީއާގެ މޯހަން ބަގާންއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް ވެލެންސިއާ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަަމަށާއި ކުޅުންތެރިން ތިބީ މޮޅެއް ހޯދުމަށް ކެތް މަދުވެފައި ކަމަށް އެކުލަބުގެ ކޯޗު އަހްމަދު މުޖްތަބާ ފެސްކޯ ބުނެފި އެވެ.

މޯހަން ބަގާންއާ ދެކޮޅަށް ވެލެންސިޔާ ކުޅޭ މެޗު މާދަމާ ފަށާނީ ރާއްޖެ ގަޑިން 15:30 ގައެވެ.

ޓީމާއެކު އިންޑިއާގައި ހުރި ފެސްކޯ ސަން ސްޕޯޓްސްއަށް މައުލޫމާތުދެމުން ބުނީ ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި އެންމެ ފަހު ޕްރެކްޓިސް މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ފެސްކޯ ބުނީ ހުރިހަ ކުޅުންތެރިން ވެސް ތިބީ މޮޅެއް ބޭނުންވެފައި ކަމަށާއި ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކަމަށެވެ.

"ކުޅުންތެރިންނާއި މުޅި މެނޭޖްމެންޓް ވެސް ބޭނުންވަނީ މޮހަން ބަގާން ބަލިކޮށް ގުރޫޕް ސްޓޭޖަށް ކޮލިފައިވާން، ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" ފެސްކޯ ބުންޏެވެ.

ފެބްރުއަރީ 21، 2017: އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގެ ފުރަތަމަ ލެގުގައި ވެލެންސިއާއާއި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި ދެޓީމު މި މުބާރާތުގެ ފުރަތަމަ ލެގުގައި، މިމަހުގެ 21 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ވަނީ 1-1 އެއްވަރުވެފައެވެ. އެ މެޗުގައި ވެލެންސިއާ އިން ކާމިޔަބުކުރި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮމޮދޫ ގޮޑްފްރޭ ވެސްޓްއެވެ. މޮހާން ބަގާންގެ ލަނޑު ކާމިޔާބު ކޮށްދިނީ ޑެރީލް ޑަފީއެވެ.

comment ކޮމެންޓް