'ދަންގަލް'ގެ ކާމިޔާބާ އެކު އާމިރުގެ ގާތް އެކުވެރިންނަށް ޔޫރަޕު ދަތުރެއް!

އާމިރު ޚާން --

މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި އާމިރު ޚާންގެ ފިލްމު 'ދަންގަލް' ބޮޑު ކާމިޔާބެއް ހޯދުމުން އޭނާގެ ގާތް އެކުވެރިންނަށް ވަރަށް ޚާއްސަ ހަދިޔާ އެއް ދިނުމަށް އާމިރު ނިންމާފައި ވާކަމަށް ޚަބަރުތައް ބުނެފި އެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން، ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމަށް އާމިރު ވަނީ އޭނާގެ ގާތް އެކުވެރިންނަށް ޔޫރަޕު ދަތުރެއް ދިނުމަށް ނިންމައިފައެވެ. އެ ދަތުރުގެ ހުރިހާ ޚަރަދެއް ކުރާނީ އާމިރު ކަމަށް ޚަބަރުތައް ބުނެ އެވެ.

އާމިރުގެ އެކުވެރިންގެ އިތުރުން، އެމީހުންގެ ބައިވެރިންނަށް ވެސް އެ ދަތުރުގައި ބައިވެރިވުމަށް އާމިރު ދައުވަތު ދީފައިވާ ކަމަށްވެ އެވެ.

އެ ދަތުރުގައި ބައިވެރިވާނީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ ފިލްމަށް 385 ކުރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ އިރު، ފިލްމަށް ލިބެމުން އަންނަ ތަރުހީބު އަދިވެސް ކުޑައެއް ނުވެ އެވެ.

'ދަންގަލް' ވަނީ އާމިރުގެ 'ޕީކޭ' ފަހަތަށް ޖައްސާލުމަށް ފަހު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމުގެ ރެކޯޑު ހަދައިފައެވެ.

ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމަށް އާމިރު އަދި ދަންގަލްގެ ޓީމުން ވަނީ ބޮޑު ޕާޓީއެއް ވެސް ބާއްވައިފައެވެ. އެ ޕާޓީގައި ބޮލީވުޑުގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި އެވެ.

comment ކޮމެންޓް