ސައުންޑްސް އޮފް މޯލްޑިވްސްގެ މިއަދުގެ ހަރަކާތްތައް ކުރިއަށް!

ސައުންޑްސް އޮފް މޯލްޑިވްސްގެ ހަރަކާތްތައް މިއަދު ކުރިއަށް ދަނީ -- ފޮޓޯ: ހައިރައިޒް

ސިންގަޕޫރުގެ ސަންޓެކް ހޮޓަލުގައި މިހާރު ކުރިއަށްދާ ޑައިވިންގް އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ (ޑީއާރުޓީ ޝޯ)ގެ ތެރޭގައި، ހައިރައިޒްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ސައުންޑްސް އޮފް މޯލްޑިވްސްގެ މިއަދުގެ ހަރަކާތްތައް މިއަދު ހެނދުނު ފަށައިފި އެވެ.

އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޝޯގެ މިއަދު މިއީ ދެވަނަ ދުވަހެވެ. ހައިރައިޒްގެ އޮޕަރޭޝަންސް މެނޭޖަރު ނައްވާފު ރަޝީދު ވިދާޅުވީ މިއަދުގެ ހަރަކާތްތައް މިރޭ 07:00 އާ ހަމައަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ އިވެންޓުގައި ބައިވެރިވާ ޑީޖޭ އަލީ ފިޔަވައި އެހެން ހުރިހާ ފަންނާނުންގެ ހުނަރުތައް މިއަދުގެ އެކި ވަގުތުތަކުގައި ދައްކާލަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގައި ދިވެހި މިއުޒިކީ ހުށަހެޅުންތައް ހުށަހަޅައިދޭ ފަރާތްތަކުގެ ތެރޭގައި ހަބޭސް ބޮޑުބެރު، ގްރެވިޓީ ބައި ހަބޭސް، މުހައްމަދު މުއައްޒިން ނައީމް، ހަސަން ތޮލާޤް، ރިއްޓޭ އަދި ޑީޖޭ އަލީ ހިމެނެ އެވެ. ސައުންޑްސް އޮފް މޯލްޑިވްސްގެ ހުރިހާ ހުށަހެޅުމެއް ވެސް ކުރިޔަށް ދަނީ ޑީއާރުޓީ ޝޯގެ ސްޓޭޖް އޭގަ އެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގެ ހަރަކާތްތައް މިއަދު ކުރިއަށް ދަނީ -- ފޮޓޯ: ހައިރައިޒް

ޑީއާރުޓީ ޝޯގައި ރާއްޖެއަށް ލިބިފައިވާ ޒޯނުގައި ދިވެހި 12 ކުންފުންޏަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބައެއް ގެސްޓްހައުސްތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ ކުންފުނިތަކުން ރާއްޖެ ތަމްސީލުކުރުމަށްޓަކައި ޑީއާރުޓީ ޝޯގައި ހަރަކާތްތެރިވަމުން ދާނީ ހޯލް 401 އަދި 402ގެ، ބީ43 ސްޓޭންޑުގައެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ ކާނި ހޮޓެލްސްއެވެ. ކޯ ސްޕޮންސަރުންނަކީ ފީލް ޑެސްޓިނޭޝަން އަދި އޭޝިއާ ފޯވަޑިންގް އެވެ. ޓްރެވަލް ޕާޓްނަރުންނަކީ ސިންގަޕޫރު އެއާލައިންސް އަދި ސަންލެންޑް ޓްރެވަލްސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް