ހަބީބް ބޭންކުގައި ހުޅުވާފައި، ބޭނުން ނުކޮށް ހުރި 22 އެކައުންޓެއް ބަންދުކުރަނީ

ހަބީބް ބޭންކުގެ ހުޅުމާލެ ބްރާންޗު ހުޅުވުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ހަބީބް ބޭންކުގެ މާލެ ބްރާންޗުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން ބޭނުން ނުކުރާތާ މިދިޔަ އަހަރުގެ ނިޔަލަށް ފަސް އަހަރު ފުރޭ 22 އެކައުންޓެއް ބަންދުކޮށް، އެކައުންޓުތަކުގައި ހުރި ފައިސާ އެމްއެމްއޭއަށް ފޮނުވަން ނިންމައިފިއެވެ.

ހަބީބް ބޭންކުން މިއަދު ގެޒެޓު ކުރި ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ފަސް އަހަރު ދުވަސްތެރޭގައި އެ އެކައުންޓުތަކުގެ ވެރިފަރާތްތަކުން ބޭންކަށް އެއްވެސް ލިޔެކިއުމެއް ފޮނުވާފައި ނުވާ ކަމަށާއި، ނަމަވެސް ބޭންކަށް ލިބިފައިވާ އެ އެކައުންޓުތަކުގެ ވެރިފަރާތްތަކުގެ އެންމެ ފަހުގެ އެޑްރެހަށް އެ އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ބޭންކުން ޤަވާޢިދުން ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ މަހުގެ ދެވަނަ ދުވަހު އެ ފަރާތްތަކަށް ވަކި ވަކިން ސިޓީ ފޮނުވައި، 45 ދުވަސްތެރޭ ބެންކަށް ހާޒިރުވުމަށް އެ ބޭންކުން ވަނީ އަންގާފައެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއިން ފަރާތަކުން ބޭންކަށް ހާޒިރުވެފައި ނުވާ ކަމަށާއި އެންގުމެއްވެސް އަންގާފައިނުވާތީ، އެ ނޯޓިސް ގެޒެޓުގައި ޝާއިއު ކުރާތާ 60 ދުވަސް ތެރޭ ބޭންކަށް ހާޒިރުވެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓް އަލުން އޮޕަރޭޓްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެ ބޭންކުން ވަނީ އަންގާފައެވެ.

މި ނޯޓިސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން (60ފަސްދޮޅަސް) ދުވަހުގެ މުއްދަތުގެ ތެރޭގައި އެއިން ފަރާތެއްގެ ކިބައިން އެއްވެސް އިރުޝާދެއް ބޭންކަށް ނުލިބިއްޖެނަމަ، އެފަރާތުން ޙަބީބް ބޭންކުންގައި ހުޅުވާފައިވާ އެކައުންޓްތައް ބަންދުކޮށް، ހުރިހާ ޗެކުތަކާއި ބޭންކަށް ދީފައިވާ އެހެނިހެން އިރުޝާދުތައް ކެންސަލުކުރެވޭނެއެވެ. އެކައުންޓް ބަންދުކުރުމަށްފަހު، ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމުގެ ގޮތުން، އެއެކައުންޓްތަކުގައިވާ ހުރިހާ ފައިސާ އެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 16 އޭޕްރީލް 2017 ވަނަ ދުވަހު ފޮނުވޭ ނެއެވެ." ހަބީބް ބޭންކުގެ ނޯޓިސްގައި ވެއެވެ.

ބޭންކިންގް ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވަނީ އެއްވެސް މުއާމަލާތެއް ނުކޮށް ފަސްއަހަރުވެފައިވާ އެކައުންޓުތަކުގެ މައުލޫމާތު އޭގެ ވެރިފަރާތްތަކަށް އަންގައި އަދި ގެޒެޓުކޮށް ނުވަތަ ނޫހުގައި ޝާއިއުކޮށް ނުހޯދިއްޖެނަމަ އެކައުންޓް ތަކުގައި ހުރި ފައިސާ އެމްއެމްއޭއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

އެމްއެމްއޭ އާ އެފައިސާ ހަވާލުކުރި ނަމަވެސް އެކައުންޓުތަކުގެ ވެރިފަރާތުން ސާބިތު ހެއްކާއެކު އެމްއެމްއޭއަށް ހުށަހަޅައިފިނަމަ އެފައިސާ ލިބިދެވެން ޖެހޭނެ ކަމަށް ބޭންކިންގް ގާނޫނުގައި ވަނީ ބުނެފައެވެ.

ބޭނުން ނުކޮށް ހުރުމުން ބަންދުކުރަން ހަމަޖައްސާފައިވާ އެކައުންޓުތައް:

comment ކޮމެންޓް