ހައްޖާއި އުމްރާއަށް މީހުން ދަނީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ހޯދާ، ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފައެވެ. އެހެންވުމުން، ހައްޖާއި އުމްރާއަށް ކުރާ ދަތުރަކީ ވީހާ ވެސް ރައްކާތެރި، އަމާން ދަތުރަކަށް ހެދުމަށް ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. މީގެ 11 އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ ފަރީ ހައްޖު އެންޑް އުމްރާ ގުރޫޕުން ދޭ ޔަގީންކަމަކީ، އެ ޖަމާއަތުގެ ހަވާލުގައި ދާ މީހުންނަށް އުމްރާގެ ކަންތައްތައް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ފަހިކޮށްދޭނެ ކަމުގެ ޔަގީންކަމެވެ.
ހައްޖާއި އުމްރާއަށް މީހުން ގެންދިޔުމުގައި ތަޖުރިބާކާރު ޓީމެއް އޮތް ފަރީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހިޔަލުގައި މި ރޯދަމަހު ވެސް މީހުން އުމުރާއަށް ގޮސްފައިވެއެވެ. އަދި މި އަހަރުގެ ދެވަނަ ބުރުގައި ހިމެނޭ މީހުން އަންނަ ހޯމަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގުރޫޕް މައްކާއަށް ދާންވާއިރަށް ގުރޫޕަށް މަރުހަބާ ކިޔުމަށް މައްކާގައި ވެސް އަންނަނީ ތައްޔާރު ވަމުންނެވެ.
މި ވަގުތު މައްކާގައި ތިބި އުމްރާވެރިން ވެސް ތިބީ ވަރަށް ހިތްހަމަޖެހި، އުފަލުގައެވެ. އަދި ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައްކާގައި ހުރި، ގުރޫޕުގެ އޮފިޝަލް ވިދާޅުވެއެވެ.
ފަރީ ހައްޖު އެންޑް އުމްރާ ގުރޫޕަކީ، މި ގުރޫޕުގެ ބެލެނިވެރިކަމުގެ ދަށުންދާ މީހުންނާ ވަރަށް ގާތުން، އެކުވެރިކަމާއެކު ޚިދުމަތްދޭ ގުރޫޕެކެވެ. އެގޮތުން އުމްރާއަށް ދަތުރު ފެށުމުގެ ކުރިން ވަރަށް ގިނަ ބައްދަލުވުންތަށް އެކުންފުނިން ބާއްވައެވެ. އަދި އެ ބައްދަލުވުންތަކުގައި ދީނީ ގޮތުންނާއި، އުމުރާގެ އަޅުކަމާއި، ނަމާދުފަދަ ކަންކަމާ ބެހޭގޮތުން މުހިންމު މައުލޫމާތުތައް ހިއްސާކުރެއެވެ.

ފަރީ ޙައްޖު އެންޑު ޢުމުރާ ގުރޫޕްގެ މެނބަރުން:---ޕޮޓޯ/ފަރީ ޙައްޖު އެންޑު ޢުމުރާ
މީގެ އިތުރުން ދަތުރުގެ ކުރިން ހުރިހާ އުމުރާވެރިންނަށް ވެސް ކަރުގައަޅައި ކާޑު، ފޮށީ ކާޑު އަދި ފައިވާންލާ ކޮތަޅު ފަދަ ކުދިކުދި ސާމާނު ހަވާލުކުރާނެއެވެ.
ދަތުރުގެ ހުރިހާ ބައިވެރިންގެ މެދުގައި، މާލޭގައި ފަހު ބައްދަލުވުން ބާއްވާއިރު ދަތުރުގެ އެހެނިހެން މައުލޫމާތުތައް ހިއްސާކުރުމާއި އިޙްރާމު އެޅުންފަދަ ކަންކަމުގެ މައުލޫމާތުދެއެވެ.
އެ ޖަމާއަތުން ފޯރު ކޮށްދޭ ޙިދުމަތްތަކުގެ ތެރޭގައި:
- ދެކޮޅު ޓިކެޓު އަދި ވިސާ
- ޒަމްޒަމް ފެން
- މައްކާ އަދި މަދީނާ ޒިޔާރަތް
- ޠާއިފް އަދި ޖިއްދާ ދަތުރު
- ބާޒާރު ދަތުރުތައް
- ޢުމުރާ ޓްރެއިނިން
- ސިއްޙީ އެހީތެރިކަން
- އަގީގާ ކަތިލުމުގެ ފުރުސަތު
- ދިވެހި ރަހަތަކުގެ ބުފޭ
- އިތުރު އުމުރާ ކުރުމުގެ ފުރުސަތު

ފަރީ ޙައްޖު އެންޑު ޢުމުރާ ގުރޫޕްކެއުން---ޕޮޓޯ/ފަރީ ޙައްޖު އެންޑު ޢުމުރާ
ފަރީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ދަތުރުތައް ފަށަނީ ވަރަށް އިންތިޒާމުކޮށް، ރާވައިގެންނެވެ. އެގޮތުން އުމްރާ ކުރުމަށް ދިވެހީން ސައުދީ އަރަބިއާއަށް ގެންދަނީ، ސައުދީ އެއާލައިނުން ސީދާ ޖިއްދާއަށެވެ.
ޖިއްދާއަށް ދެވުމާއެކު އެ ކުންފުނީގެ ބަސްތައް ބަލައި ގޮސް، ބަހުގައި ގެންދާނީ އެ ގުރޫޕުން ހަމަޖައްސާފައިވާ ހޮޓެލަށެވެ.
ހޮޓަލަށްދާއިރު، ކެއުމާއި ނިދުމުގެ ހުރިހާ އިންތިޒާމެއް ހުންނާނީ ހަމަޖައްސައިފައެވެ. އަދި ހޮޓަލުން ކުންފުނީގެ މުވައްޒަފުންނާއި އެހީތެރިންނާއި އުމުރާވެރިންނަށް އަބަދުވެސް މަރުޙަބާ ކިޔައެވެ.

ފަރީ ޙައްޖު އެންޑު ޢުމުރާ ގުރޫޕް---ޕޮޓޯ/ފަރީ ޙައްޖު އެންޑު ޢުމުރާ
ރޯދަމަހު އަޅުކަމުގައި ބޮޑަށް އުޅުމަށް ޓަކައި، ފަރީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ އިތުރު ދަތުރުތައް ރާވައިފައިވަނީ ރޯދަމަހަށް ފަހުގައެވެ. އެގޮތުން ރޯދައިގެން ފަހުންނާއި ހައްޖުގެ ފަހުންނާއި ސްކޫލް ޗުއްޓީތަކުގައި ކުރާ އުމުރާ ދަތުރުތައް، މި ގުރޫޕާއެކު ކުރުމަށް މިހާރު ވެސް ރެޖިސްޓާ ކުރެވޭނެއެވެ.
ފަރީ ހައްޖު އެންޑް އުމްރާ ގުރޫޕް މެދުވެރިކޮށް ދަތުރު ކުރުމަށް ނަންނޯޓު ކުރަން ބޭނުންނަމަ، ގޫގުލް ފޯމް މެދުވެރިކޮށް ފޯމު ފުރައިގެންނާއި 9110909 ނަންބަރަށް ގުޅައިގެންވެސް ނަންނޯޓު ކުރެވޭނެއެވެ.