ޝާހު އިސްމާއިލަށް ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދެނީ

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާހު އިސްމާއީލް --- ސަން ފައިލް ފޮޓޯ

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ރާއްޖޭގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އެބަގެންދަވަ އެވެ.

ޝާހު އިސްމާއިލްއަށް ހާޓްއެޓޭކެއް ޖެހިވަޑައިގެން ރޭ ދަންވަރުން ފެށިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ފަރުވާ ހޯއްދަވަމުން ގެންދަވާކަން އޭނާ އާއިލާގެ މެންބަރަކު ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފަ އެވެ.

ޝާހުގެ އާއިލާ މެންބަރު ބުނީ، ފަރުވާދިނުމުން މިހާރު އޭނާގެ ހާލު ރަނގަޅުވަމުންދާ ކަމަށެވެ.

ގައުމީ ޓީމަށް ކުޅުމުގެ އިތުރުން ޝާހު ވަނީ އެފްއޭއެމް ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާ ވަނީ މެޗު ކޮމިޝަނަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

comment ކޮމެންޓް