ނަބީހުއަށް ސައުދީ އިން 1000 ޑޮލަރުގެ ހަދިޔާއެއް

ނަބީހުއަށް ސައުދީ އެމްބަސީއިން ހަދިޔާ ހަވާލުކުރަނީ--

ތިން މަސް ތެރޭގައި ގުރުއާން ހިތުދަސްކުރި އޯޓިޒަމް ހުންނަ ކުއްޖެއްކަމަށްވާ އުމުރުން 14 އަހަރުގެ އަލްހާފިޒް އަހުމަދު ނަބީހްއަށް ސައުދީ އެމްބަސީ އިން އެއް ހާސް ޑޮލަރުގެ އެހީއެއް ދީފި އެވެ.

މިއަދު ސައުދީ އެމްބަސީގައި ނަބީހް އާއި ސައުދީ އެމްބަސެޑާ ބައްދަލު ކުރެއްވުމަށް ފަހު ނަބީހްއަށް ރަން ކުލައިގެ ހަތިމަކާއި އެއް ހާސް ޑޮލަރު ދިނެވެ.

ސައުދީ ބޭފުޅުން ވަނީ ނަބީހް ގުރުއާން ކިޔަވާ އަޑުއައްސަވައި ތައުުރީފް ކުރައްވާފަ އެވެ.

ނަބީހްއަށް އިސްލާމިކް ޔުނިވާސިޓީ ވަނީ މާސްޓާސް އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތުވެސް ދީފަ އެވެ.

ނަބީހުއަކީ އޯޓިޒަމް ހުރުމުގެ ސަބަބުން އަމިއްލަ މީހުން ހިންގާ ގުރުއާން ކުލާސްތަކުން ފުރުސަތު ނުދީ ބޭރުކޮށްލި ކުއްޖެކެވެ. އޭނާ ގުރުއާން ހިތުދަސްކުރީ ހެޔޮއެދޭ ފަރާތެއްގެ އެހީގައި ގެއަށް ޓީޗަރަކު ގެނެސްގެންނެވެ.

comment ކޮމެންޓް