އެމްޔޫ މަނިކަށް އަނެއްކާ ވެސް މަޓީގެ ޗެއާމަންކަން

މުހައްމަދު އުމަރު މަނިކު: މަޓީގެ ޗެއާމަންކަމަށް މިއަހަރުވެސް އިންތިޚާބުވެފައި -- ސަަން ފޮޓޯ މުހައްމަދު އަފްރާހު

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން ކަމަށް ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަނެއްކާ ވެސް އިންތިޚާބުކޮށްފި އެވެ.

މީގެ 27 އަހަރު ކުރިން މަޓީ އުފެދުނީއްސުރެ، އެ ޖަމިއްޔާގެ ޗެއާމަންކަން ކުރައްވަމުން ގެންދަވަނީ، ޔުނިވާސަލް އެންޓަޕްރައިސަސް ގްރޫޕުގެ ޗެއާމަން އެމްޔޫ މަނިކެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި މަޓީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މަޓީގެ ޗެއާމަން ކަމަށް މުހައްމަދު އުމަރު މަނިކު އިންތިޚާބުކުރީ، ޖަލްސާއަށް ހާޒިރުވި މަޓީގެ މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކާ އެކު އެވެ.

މަޓީގެ ޗެއާމަންގެ ނައިބުން ކަމަށް މިއަދުގެ ޖަލްސާ އިން އިންތިޚާބުކޮށްފައި ވަނީ، އެ މަގާމުތައް ފުރައްވަމުން ގެންދަވާ، ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހީމާއި ކްރައުން ކޮމްޕެނީގެ ޗެއާމަން (ޗަމްޕާ) ހުސައިމް އަފީފެވެ. މަޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އިންތިޚާބުކުރީ މިހާރު ވެސް އެ މަގާމުގައި ހުންނެވި، ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހްމަދު ނަޒީރެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްކަމަށް ޑްރިފްޓްވުޑް މޯލްޑިވްސްގެ އައްސަދު އަލީ އައްޔަނުކޮށްފައިވާ އިރު، ޖަމިއްޔާގެ ފައިނޭންޝަލް ކޮންޓްރޯލަރުކަމަށް އިންތިޚާބުކުރީ، މިހާރު ވެސް އެ މަގާމު ފުރުއްވާ، ލިލީ ހޮޓެލްސްގެ އަހްމަދު ހަފީޒެވެ.

މަޓީގެ ބޯޑުގައި ހިމެނޭ ފަސް މެމްބަރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މަޓީގެ އެގްޒެކެޓިވް ބޯޑަށް ހޮވާ ނުވަ ބޭފުޅުން ވެސް ވަނީ ހޮވާފަ އެވެ. މިއަހަރު ބޯޑަށް ހޮވި ނުވަ މެމްބަރުންގެ ތެރޭގައި ހިމެނެނީ މިދިޔަ ދައުރުގައި އެބޯޑުގައި ހިމެނިވަޑައިގެންނެވި ހަ މެމްބަރަކާއި، މި ދައުރުގައި ބޯޑަށް އަލަށް ހޮވިވަޑައިގެންނެވި ތިން ބޭފުޅެކެވެ.

މިދައުރުގައި ހޮވުނު އެގްޒެކެޓިވް މެމްބަރުން:

  1. އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް ރިސޯޓްސްގެ ޗެއާމަން)
  2. އިބްރާހިމް ސިޔާދު ގާސިމް (ވިލާ ޝިޕިންގްގެ މެނޭޖިންގް ޑިރެކްޓަރު)
  3. އިބްރަހިމް ނޫރައްދީން (މިރިހި އައިލެންޑް ރިސޯޓު)
  4. ސޮލާހު ޝިހާބު (ވޮޔޭޖެސް މޯލްޑިވްސް)
  5. އާއިޝަތު ނީނާ އަހްމަދު (އެނބޫދޫ ވިލެޖު)
  6. މުޖުތަބާ ލަތީފް (މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
  7. ވިޝާ މާހިރު (ޔުނިވާސަލް ރިސޯޓްސް)
  8. އިޔާޒް ވަހީދު (ޔުނިވާސަލް ރިސޯޓްސް
  9. ޑރ. އަބްދުﷲ މައުސޫމް (ސަން އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރު)
comment ކޮމެންޓް