ހުޅުމާލެ ފޭސް 2ގައި ރުފިޔާއާއި ޑޮލަރު އޭޓީއެމް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފި-- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފޭސް ދޭއްގައި ރުފިޔާ އާއި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފިއެވެ.

ފޭސް 2 ގައި ބޭންކުގެ ޚިދުމަތް ފުޅާކުރުމަށް ހިޔާ ޓަވަރު ހަޔަކާ ޖެހިގެން އޮންނަ ބިމުގައި ރުފިޔާ އޭޓީއެމް ސެންޓަރެއް ގާއިމުކޮށް ސްޓެލްކޯ ފްލެޓްތައް ކުރިމަތީގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ބީއެމްއެލުން، ވަނީ ގާއިމުކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----

ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާ ވެސް ފަސޭހައިން މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.

ހުޅުމާލެ ފޭސް 2 އަކީ ކުރިއަރަމުން އަންނަ ސަރަހައްދެއް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ފަސޭހަ އަދި އިތުބާރުހިފޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން.

ބީއެމްއެލުން އިތުރަށް ބުނީ މިއާއެކު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ދިވެހި ރުފިޔާއާއި ޑޮލަރުގެ މުއާމަލާތްކުރުމަށް ލުއިފަސޭހަކަން ލިބޭނެކަމަށެވެ. ބޭންކިން ޚިދުމަތްތަކަށް ވާސިލުވެވޭނެކަމަށެވެ.

ފޭސް ދޭއްގައި ގާއިމުކުރެވުނު އާ އޭޓީއެމް ސެންޓަރުތަކުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ފޭސް އެކެއްގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗާއި ހަތަރު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުތަކުންނާއި ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް މިހާރުވެސް ހުޅުމާލޭގައި ބޭންކިން ޚިދުމަތެއް ފޯރުކޮށްދެމުންނެވެ.

އަދި މީގެ އިތުރުން ބޭންކުން އަންނަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރެނާޓަސް އިތާ މުއި އިމާރާތުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެމުންނެވެ.

comment ކޮމެންޓް