އައްޑޫގެ މޭޔަރާއި ކުރީގެ ޑެޕިއުޓީ މޭޔަރުގެ މައްޗަށް ދައުވާ އުފުލައިފި

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ---

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދުގެ މަައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އުފުލައިފި އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސޯބެ އާއި ޝާހިދު އަށް ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތުން ދައުލަތުން އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މިއަދު 2:15 ގައެވެ.

އެ ދައުވާ އުފުލާފައި ވަނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

comment ކޮމެންޓް