ފަސްޓް ލޭޑީ ބަށި ބޯޅަ މުބާރާތް އިފްތިތާހު ކޮށްފި

މިދިޔަ އަހަރު ބޭއްވި އެސްޓީއޯ ހޯމް އިމްރޫވްމަންޓް ބަށިބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ޗެމްޕިއަން ޓީމަށް މެޑަމް ޓްރޮފީ ހަވާލުކޮށްދެއްވަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ ހުރިހާ ރަށްތަކަކަށް އަމާޒްކޮށްގެން ނޭޝަނަލް ބަށި ބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އެންމެ އަގުބޮޑު ބަށި މުބާރާތް 'ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕް 2017' މިރޭ ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ދަރުބާރުގެ ފާށަނާ މާލަމްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ މުބާރާތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރައިސުލް ޖުމުހޫރިއްޔާގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމްއެވެ.

މިރޭ ބޭއްވި އެ ރަސްމިއްޔާތުގައި މެޑަމް ފާތުން ވަނީ މުބާރާތުގައި ބައިވެރިވި 49 ޓީމަށް ބައިވެރިވިކަމުގެ ހަނދާނީ ލިޔުމާއި ވައުޗަރު ހަވާލުކޮށްދެއްވާފަ އެވެ.

ޖުމްލަ 49 ޓީމާއި އެކު އިއްފިތިތާހު ކުރި އެ މުބާރާތުގައި ވަނީ 17 އަތޮޅުން ބައިވެރިވެފަ އެވެ. ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރާނީ ކޮންމެ އަތޮޅެއްގެ ޗެމްޕިއަންކަން ހޯދާ ޓިމެކެވެ. ފައިނަލް ބުރަށް ދަތުރުކުރާނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމެވެ.

ޗެމްޕިއަން ޓީމަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް އެއް ލައްކަ ރުފުޔާގެ ފައިސާގެ އިިނާމް ދޭނެއެވެ. އޭގެ އިތުރުން ފެއާ ޕްލޭ ޓީމާއި އެނެމް ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ވެސް އިންމާ ދޭނެ ކަމަށް ބަށި ބޯލް އެސޯސިއޭޝަނުން ބުންޏެވެ.

މުބާރާތްް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.

comment ކޮމެންޓް