ޓްރިޕް އެޑްވައިޒާ: ރާއްޖޭގެ އެންމެ ރަނގަޅު ގެސްޓްހައުސްއަކަށް ޝެޑޯ ޕާމް!

މާފުށީގައި ހިންގާ ޝެޑޯ ޕާމް ހޮޓެލް - ފޮޓޯ: ގެސްޓް ހައުސް މޯލްޑިވްސް

ޓްރިޕް އެޑްވައިޒާގައި ރޭންކްކޮށްފައިވާ ރާއްޖޭގެ ގެސްޓްހައުސްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ގެސްޓް ހައުސްގެ ލިސްޓުގެ އެއްވަނަގައި، ކ. މާފުށީގައި ހިންގާ ޝެޑޯ ޕާމް ހޮޓެލް ހިމެނިއްޖެ އެވެ.

ޓްރިޕް އެޑްވައިޒާއިން ކޮންމެ އަހަރަކު އެކުލަވައިލާ "ޓްރެވެލާސް ޗޮއިސް"ގެ ރާއްޖޭގެ ބައިގައި ހިމެނުނު ގެސްޓްހައުސްތަކުގެ ތެރޭގައި ގިނައިން ހިމެނިފައިވަނީ މާފުށީގައި ހިންގާ ގެސްޓްހައުސްތަކެވެ. އެގޮތުން މާފުށީގައި ހިންގާ ހަ ގެސްޓްހައުސްއެއް ވަނީ ލިސްޓަށް އަރާފައެވެ.

އެ ލިސްޓުގެ އެއްވަނަ އަށް ޝެޑޯ ޕާމް ހިމެނިފައިވާއިރު ދެވަނައަށް ހޮވިފައިވަނީ މާފުށީގައި ހިންގާ ކާނި ވިލެޖް އެންޑް ސްޕާ އެވެ. ތިން ވަނައަށް ލިސްޓުގައި ހިމަނާފައިވަނީ ވ. ތިނަދޫގައި ހިންގާ ކަސަ ބަރަބަރު ހޮޓަލެވެ.

ޓްރެވެލާސް ޗޮއިސްގައި ހިމެނިފައިވާ ގެސްޓްހައުސްތައް:

  1. ޝެޑޯ ޕާމް، ކ. މާފުށި
  2. ކާނި ވިލެޖް އެންޑް ސްޕާ، ކ. މާފުށި
  3. ކަސަ ބަރަބަރު، ވ. ތިނަދޫ
  4. ކްރިސްޓަލް ސޭންޑްސް، ކ. މާފުށި
  5. ސަލާ ބުޓިކް ހޮޓެލް، ކ. މާލެ
  6. ޓީއެމްއީ ރިޓްރީޓްސް ދިގުރަށް، އދ. ދިގުރަށް
  7. އެރީނާ ބީޗް ހޮޓެލް، ކ. މާފުށި
  8. ދަ ސަމާސެޓް ހޮޓެލް، ކ. މާލެ
  9. ސްޓިންގް ރޭ ބީޗް އިން، ކ. މާފުށި
  10. ސަން ޓެން ބީޗް ހޮޓެލް، ކ. މާފުށި

މި ލިސްޓަށް ހޮވިފައިވާ ގެސްޓްހައުސްތައް ހޮވިފައިވަނީ އެތަންތަނަށް އަންނަ ފަތުރުވެރިން ޓްރިޕް އެޑްވައިޒާގައި ދޭ ރިވިއުގެ މައްޗަށް ބިނާ ކޮށެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ނަފާ ބޮޑު ވިޔަފާރިއެވެ. ބަޖެޓު ހޮލިޑޭތަކަށް ރާއްޖެ އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ޗުއްޓީހޭދަކުރަމުންނެވެ.

comment ކޮމެންޓް