އޮޔާ ދަނިކޮށް ހޯދި ލޯންޗު ވެރިމީހާއާ ހަވާލުކޮށްފި

ގިރާވަރު ކައިރިން އޮޔާދަނިކޮށް ފެނުނު ލޯންޗް-- ފޮޓޯ: އެމްއެންޑީއެފް

ކ. ގިރާވަރާ ހަތަރު މޭލު ބޭރުން، މީހަކު ނެތި އޮޔާ ދިޔަ ލޯންޗު ވެރިފަރާތާ ހަވާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު ގިރާވަރު ކައިރި އަލިހުރަސްކަނޑު ތެރެއިން ސިފައިންނަށް "ސަހާ ސްޓާ" ނަމަކަށް ކިޔާ 26 ފޫޓުގެ އެ ލޯންޗް ފެނުނު އިރު ވަރަށް ބޮޑަށް ވަނީ ދިޔަ ވެފަ އެވެ. އޭގައި އޭރު އިންޖީނެއް ނެތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ލޯންޗަކީ ވިލިމާލޭ ފަޅުގައި އަޅާފައިވަނިކޮށް ދެ އިންޖީނު ވަގަށް ނަގައި ފައްތާލުމުން އޮޔާ ދިޔަ ލޯންޗެއް ކަމަށާއި އެ ލޯންޗު މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އެލޯންޗު ގެއްލިގެން އެ މައްސަލަ ވިލިމާލޭ ޕޮލިހަށް ހުށައަޅާފައިވަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ލޯންޗު ހޯދީ، މިހާރު ލޯންޗު ވާނީ ވެރިފަރާތާ ހަވާލުކޮށްފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ވަގަށް ނެގި ދެ އިންޖީނު ހޯދައި އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށާއި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް