ގިރާވަރު ބޭރުން އޮޔާ ދިޔަ ލޯންޗެއް ފެނިއްޖެ

ކ. ގިރާވަރާ ހަތަރު މޭލު ބޭރުން، މީހަކު ނެތި އޮޔާދިޔަ ލޯންޗެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ގިރާވަރު ކައިރި އަލިހުރަސްކަނޑު ތެރެއިން ލޯންޗެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 07:15 ހާއިރު ކަމަށާއި އެކަމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް 110 ނަންބަރު ލޯންޗާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓް ދަހަރާ ލޯންޗު، އޮޔާދާ ލޯންޗު އޮތް ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

"ސަހާ ސްޓާ" ނަމަކަށް ކިޔާ 26 ފޫޓުގެ އެ ލޯންޗް ފެނުނު އިރު ވަރަށް ބޮޑަށް ދިޔަ ވެފައިވާ ކަމަށާއި އޭގައި އޭރު އިންޖީނެއް ނެތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ލޯންޗު ފެނުމާ ގުޅިގެން ފުލުހުންނާއި ސިފައިން ދަނީ ލޯންޗު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް