ކެނދިކުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިއްޖެ، ދެން އޮތީ ޓާފް އެޅުން

ކެނދިކުޅުދޫގައި ތަރައްގީކުރާ ފުޓްސަލް ދަނޑު: އެ ދަނޑަކީ ޓާފް އެޅުމަށް ހަމަޖެހިފައިވާ ދަނޑެއް --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ނ. ކެނދިކުޅުދޫގައި ތަރައްގީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި، ޓާފް އެޅުމަށް ތައްޔާރުވެއްޖެ އެވެ.

ކެނދިކުޅުދޫގައި ތަރައްގީކުރާ ފުޓްސަލް ދަނޑަކީ ޓާފް އަޅާ ދަނޑުތަކުގެ ގޮތުގައި ހަމަޖެހިފައިވާ ދަނޑެއް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން މައުލޫމާތުދެ އެވެ.

ކެނދިކުޅުދޫ ފުޓްސަލް ދަނޑުގައި އަޅަން ބޭނުންވާ ޓާފް އެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ އިރު، ކެނދިކުޅުދޫގައި ކުރިން ވެސް ވަނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށްފަ އެވެ. އޭގެ އިތުރުން ބަށި ކޯޓެއް ވެސް މިހާރު އެ ރަށުގައި ވަނީ އަޅައިފަ އެވެ.

ކެނދިކުޅުދޫގައި ތަރައްގީކުރާ ފުޓްސަލް ދަނޑު: އެ ދަނޑަކީ ޓާފް އެޅުމަށް ހަމަޖެހިފައިވާ ދަނޑެއް --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ކެނދިކުޅުދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން އެ ރަށުގައި މިހާރު ވެސް ދަނީ ޒުވާނުންގެ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން އެހެން ކުޅިވަރު ކޯޓުތައް ވެސް އެ ރަށުގައި ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން ބުނެ އެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ރާއްޖޭގެ 70 އަށް ވުރެ ގިނަ ރަށުގައި މިހާރު ވެސް ފުޓްސަލް ދަނޑުއެޅުމުގެ މަސައްކަތް ކުރިއަށްދެ އެވެ.

comment ކޮމެންޓް