ބުރަކަށީގެ ތަދުތަކަށް ކުރެވިދާނެ ބައެއް މޫދު ކަސްރަތުތައް!

ހަށިގަނޑުގެ އެކި ތަންތަނަށް އަރާ ތަދުތަކަށް ފެނުގެ ތެރަޕީއަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ. މާބަނޑު ދުވަސްވަރު އަންހެނުންގެ އުނަގަނޑަށް އަރާ ތަދުތަކަށް ވެސް މިއީ ވަރަށް ގިނަ މީހުން ލަފާދޭ ކަމެކެވެ. ފެނުގައި ކުރާ ކަސްރަތުތައް ޕޫލްތަކުގައި ނުވަތަ މޫދުގައި ވެސް ކޮށްލެވިދާނެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނާ ޙިލާފަށް މޫދަކީ ދިވެހިންނަށް ލިބިފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. ތިރީގައި އެވަނީ ބުރަކަށްޓަށް އަރާ ތަދުތަކަށް ފަރުވާ ހޯދުމުގެ ގޮތުން މޫދުގައި ކޮށްލިވިދާނެ ބައެއް ކަސްރަތުތަކެވެ.

ް

ފައި ބޭނުންކޮށްގެން ބޮޅުއެޅުން

މި ކަސްރަތު ކުރުމަށް ޓަކަޢި ހުންނަން ވާނީ އުނަގަނޑާ ހަމައަށް ފެން ހުންނަ ހިސާބުގަ އެވެ. އެއަށް ފަހު އެއް ފައި ބޭނުންކޮށްގެން ކޮޅަށް ހުރެ އަނެއް ފައިން ކްލޮކްވައިޒްކޮށް ފެންގަނޑުގެ ތެރޭގައި ވަށް ބޮޅުތަކެއް އަޅާނީ އެވެ. ތިން ފަހަރަށް ބޮޅު އެޅުމަށް ފަހު އެންޓިކްލޮކްވައިޒްކޮށް ހަމަ އެފައި ބޭނުންކޮށްގެން ތިން ފަހަރަށް ބޮޅުއަޅާނީ އެވެ. ދެން، ކުރިން ކޮޅަށް ހުރި ފައި ބޭނުންކޮށްގެން މި ކަސްރަތު ތަކުރާރުކޮށްލާށެވެ.

ފެނުގެ ތެރޭގައި ހިނގުން

މިއީ ފެނުގައި ކުރާ ކަސްތަރުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ. މި ކަސްރަތު ކުރުމަށް ޓަކައި އުނަގަނޑަށް ވުރެން މައްޗަށް ފެން ހުންނަ ހިސާބެއްގައި ހުރެ ހިނގާނީ އެވެ. އަދި އަތް ބައިންދާނީ އާންމުގޮތެއްގައި ހިނގާ އިރު އަތް ބަހައްޓައިގެން ހުންނަ ގޮތަށެވެ. ހިނގަމުންދާ އިރު ބުރަކަށި ގުދުކޮށް ނުބަހައްޓާ ސީދާކޮށް ބަހައްޓަން ޚާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ.

ފެނުގެ ތެރޭގައި އިށީނުން

މިއީ ވެސް ބުރަކަށީގެ ތަދަށް ޚާއްސަ ކަސްރަތެކެވެ. އެގޮތުން ފެންގަނޑުގައި ކޮޅަށް ހުރުމަށް ފަހު ގޮނޑިއެއްގައި އިށީނުމަށް ތިރިވާހެން ކަކޫ 90 ޑިގްރީއަށްވާ ގޮތަށް ގުދުވާނީ އެވެ. މި ކަސްތަރު ކުރާއިރު ވެސް ބުރަކަށި ބަހައްޓަން ވާނީ ސީދާކޮށެވެ. އަދި އަތް ބަހައްޓަން ވާނީ ދެފަރާތުގައި ސީދާކޮށެވެ. މި ކަސްރަތު 30 ސިކުންތު ވަންދެން ތަކުރާރުކޮށްލާށެވެ.

މައުލޫމާތު: ހެލްތްޑައިޖެސްޓް

comment ކޮމެންޓް