ޕީޕީއެމްގެ މެމްބަރުންނާ މައުމޫން ބައްދަލު ކުރައްވަން އުޅުއްވި ހަފްލާ ކެންސަލްކޮށްފި

ރައީސް މައުމޫން: ހަފްލާ ބާއްވަން އުޅުއްވީ "ޕީޕީއެމްގެ ދިރުން - ރައްޔިތުންގެ ހިޔާލު" މި ނަމުގައި-- ސަން ފައިލް ފޮޓޯ

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލު ކުރައްވަން މިރޭ ބާއްވަން އުޅުއްވި ހަފްލާ ކެންސަލް ކުރައްވައިފި އެވެ.

"ޕީޕީއެމްގެ ދިރުން - ރައްޔިތުންގެ ހިޔާލު" މި ނަމުގައި ރައީސް މައުމޫން މިރޭ ބާއްވަން އުޅުނު ހަފްލާ ކެންސަލް ކުރީ، އެ ހަފްލާ ނުބޭއްވޭނެ ކަމަށް ފުލުހުން އަންގާފައި ވާތީ ކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވި އެވެ. ޔުމްނާ އެހެން ވިދާޅުވީ ހ. ތެމާގައި ހިންގާ މައުމޫންގެ އޮފީހުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫން ފެކްޝަނުން މިރޭ ވަނީ މައުމޫން ބާއްވަން އުޅުނު ހަފްލާ ނުބޭއްވޭނެ ކަމަށް އެންގި ދެ ފުލުހުންގެ ނަން ވެސް އާންމުކޮށްފަ އެވެ. އެ ދެ ފުލުހުންނަކީ އިންސްޕެކްޓަރު އަހްމަދު އިބްރާހިމާއި ސުޓާފް ސާރޖެންޓް އިބްރާހިމް ފަލާހެވެ.

އެ ނަންތައް އާންމު ކުރީ މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ އެވެ. މިރޭގެ ހަފްލާ ބާއްވަން ފުލުހުން ފުރުސަތު ނުދޭ ސަބަބެއް ނާދިރާ ވިދާޅެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާއަށް ގުޅާލުމުން ވެސް އެ ސުވާލަކަށް އަދި ޖަވާބެއް ނުލިބެ އެވެ.

ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލު ކުރައްވަން މައުމޫން ބާއްވަން އުޅުއްވި ހަފްލާ ކެންސަލް ކުރަންޖެހުނު ސަބަބު މީޑިއާއަށް ހާމަކޮށްދެއް ވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ނާދިރާ ވިދާޅުވީ މައުމޫން ބާއްވަން އުޅުއްވި ހަފްލާއަށް ޕާޓީގެ އާންމު މެމްބަރުންނަށާއި ނޫސްވެރިންނަށް ވެސް ނުވަދެވޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

އެ ޕްރެސް ކޮންފަރެންސްގައި ޔުމްނާ ވިދާޅުވީ މިރޭގެ ހަފްލާ ކެންސަލް ކުރަން ރައީސް މައުމޫން ނިންމެވީ ޕީޕީއެމްގެ އާންމު މެމްބަރުންނާއި ފުލުހުންނާދެމެދު ހަމަނުޖެހުމެއް ހިނގާފާނެތީ ކަމަށެވެ.

"ޕާޓީގެ ރައީސް ބޭނުންފުޅެއް ނުވޭ ޕާޓީގެ މެމްބަރުންނަށް އަނިޔާވެ ޕާޓީގެ މެމްބަރުން ހައްޔަރުވާކަށް،" ޔުމްނާ ވިދާޅު ވިއެވެ.

ޕާޓީގެ ކޮންމެ ކަމެއްގައިވެސް އާއްމު މެންބަރުންގެ ހިޔާލު ހޯދުމަށް ރައީސް މައުމޫން އިސްކަން ދެއްވާ ކަމަށާއި އެގޮތުން ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލު ކުރެއްވުމަށް "ކޮންމެ ވެސް އެހެން ގޮތަކަށް" ބައްދަލުވުމެއް ބާއްވާނެ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ރައީސް މައުމޫނާ ބައްޔަތު ހިއްޕަވާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މިރޭގެ ޕްރެސްކޮންފަރެންސްގައި ވިދާޅުވީ، ޕީޕީއެމް އިން ބާއްވަން އުޅުނު ބައްދަލުވުމަށް ފުލުހުން ހުރަސް އެޅި ކަމުގައި ވިޔަސް، ފުލުހުންނަށް އިހްތިރާމް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވުރެން ބޮޑަށް ވަކި، ރައީސް މައުމޫނަށް ވުރެން ބޮޑަށް ވަކި ފުލުހުންދެކެ ލޯބިވާނެ ސިފައިން ދެކެ ލޯބިވާނެ ރައްޔަތުން ދެކެ ލޯބިވާނެ މީހަކު ހުންނާނެ ކަމަށް އަޅުގަނޑެއް ނުދެކެން" ވައްޑެ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް

comment ގޮޓާގެޓް

8 year 3 month ago

މައުމޫންގެ ބައްދަލުވުން ހުއްޓުވި ސަބަބު މަމެން ބުނެދީފާނަމެވެ. ރައީސް މައުމޫނު ބައްދަލު ކުރައްވަން އުޅުއްވީ އެއީ ޕީޕީއެމްގެ މެމްބަރުންނާއި ޚިޔާލު ބަދަލު ކޮށްލުމަށެވެ. ރައީސް މައުމޫނަކަށް ގާނޫނީ ގޮތުން އެކަން ނުކުރެވޭނެ ޕީޕީއެމްގެ މުޝްތަޝާރުގެ ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހާފައިވާ ލިޔުމެއް ލިބުމުން ނޫނީ. އިޓްސް ޓު ބީ ސިމިލަރ އޭޒް އަ ޕަވަރ އޮފް އެޓަރނީ ދޯ. އެކަން ނުކޮށް ނުބޭއްވޭނެއެވެ. މިސާލަކަށް އަމިއްލަ ކުންފުނި ނަމަކީ އޭ ކަމަށް ވާނަމަ އޭ ނަން ކިޔާ ކުންފުނީގެ ޖަލްސާ އެއް ނުބޭއްވޭނެ ކުންފުނީގެ ޗެއާރމަން ގެ ހުއްދަ އެއް ނެތި. އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ. އެއީ ބިއުރޮކްރަޓިކް ސިސްޓަމް މަސައްކަތް ކުރާ ގޮތަކީ. ދިވެހިންނަކީ އަދި ބަރާބަރު ބިއުރޮކްރަޓިކް ސިސްޓަމް ދަންނަ އެއަށް ފަރިތަ ބަޔެއް ނޫނެވެ. ވަކިން ޚާއްސަ ކޮށް ރަންރީނދުލޭ މެންނަށް ނޭގޭނެ އެވެ. އެނީ އޮބްސްޓަކަލް ކަމް ޔޫ ބެޓަރ ޕްރިޕެއަރޑް ފޯރ

comment މަލަކުރި

8 year 3 month ago

ވަޒަނުން ބޭރުކޮށްލާފައިވާ ރެފިއުޖީ އަކަށް މައުމޫނު ހަދަމުން ތިޔަ ދަނީ ތިކަމަށް ލާހިކު ރަށްދެއް ޤައުމުގެ ރައްޔިތުންގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ ވޯޓުން ފެނިގެން ނުދާނެ ކަމަށް ހީނުކުރައްވާނެ ކަމަށް ދެކެން

comment ހަސަނު

8 year 3 month ago

މަށަށް ފެންނަނީ ކޮންމެސް ބާތުޑޭ ޕާޓީއެއް ބާއްވަން.. ދެން އެތަނަށް ދާން އެންމެނަނަށް ދައުވަތު ދޭނީ.. ބާތުޑޭ ޕާޓީ ބޭއްވުން އޯކޭ ވާނެއެންނު.. ދެން އެތަނުނ ްމައުމޫނަށް ބައްދަލު ކުރެވިދާނެ އެންމެނާ....

comment ގިވްއިން

8 year 3 month ago

މައުމޫނުގެ ހަފްލާ ހުއްޓުވީ އެއީ ވަކި މީހެއްގެ އޯޑަރަށް ކަމަށް ވާނަމަ ދެން ރައީސް މައުމޫނު އަތް ޕުޅުގައި އެބައޮތް މަމެން ޕިންކީން ބޭނުންވާ އެއްޗެއް އެ ދެއްވާ އަދި މަމެން އަތުގައި އެބައޮތް ރައީސް މައުމޫނު ބޭނުން ފުޅު ވާ އެއްޗެއް. އެއިރުން މަމެން އެ ދޭނަމެވެ. ނޯ ވަން އިޒް ގޮނާ ޑޫ އެނީތިންގް ރޯންގް ފްރޮމް އަވަރ ސައިޑް. ގިވް އިން ޓު މީ. ގިވް އިން ޓު މީ..

comment ޑޯންޓް

8 year 3 month ago

ހަފުލާ ނުބާއްވަން އެންގީ ވަކި މީހެއްގެ އޯޑަރަށް ނަމަ ދެން ކޮބާތޯ މައްސަލަ އަކީ. އެއްވެސް މީހެއްގެ އޯޑަރެއް ނެތި ސަރުކާރުގެ އެއްވެސް ކަމެއް ނުހިނގާނެ ނޫންތޯއެވެ. މަމެން ކޮސް ވެއްޖެ ރައީސް މައުމޫނުގެ ފެކްޝަންގެ ކުދިންގެ އަންޑަރސްޓޭންޑް ލެވެލް މަތި ކަމުން ދޯ. އެއްވެސް ކަމެއް މިދުނިޔޭގައި ހިނގާނެތޯ އެކަމަށް އެއްވެސް ކޯސް އެއް މެދުވެރި ނުވަނީސް. ތަމެން ގަބޫލު ކުރަނީ ތޭ އިވޮލިއުޝަނަރީ ތިއަރީ. މަމެން އެއެއް ގަބޫލެއް ނުކުރަމެވެ. ނަތިންގް ކޭން ޕްރޮޑިއުސް ނަތިންގް. އެވްރީ ތިންގް އިން ދިސް ވޯލްޑް އޮކާރސް ވިދްް އަ ރީޒަން އެން އެޓެމްޕްޓް ބިހައިންޑް އިޓް ދޯ. ޕިންކީން މިހިންގަނީ އެއީ ބޮޑު ސަރުކާރެއް ކަމަށްވާތީވެ މަމެން ނުހުންނާނެ އެމެން ގޮވި ގޮތަށް ކަނޑުކޮސް ގޮވާފައި ދެ ލެޕްޓޮޕް އާއި ދެ ރިސޯރޓް އިން ސަރުކާރު ހިންގޭނެ ކަމަށް އޮޅުވާލާ މަކަރާއި ހީލަތުގެ ދަށުން ދޯ. ވީއާރ ސްޕެޝަލް ޕީޕަލް

comment ގިޔާސް

8 year 3 month ago

މިހާރު ދެންލަދުހަޔާތް ކުޑަކަމުން ތަންތަނުގައިވެސް ބައްދަލުވުމެއް ބޭއްވިޔަ ނުދޭދޯ! ބަލަ މާތްﷲ ގަންދީ ހުވާކޮށްގެން ކޮން ގާނޫނަކުންތޯ އަމއްިލަ ފަރުދުންގެ އޮފީސް ތަންތާންގާ އޮންނަ ބައްދަލުވުން ، ކަހަލަ ފަރުދީ ބައްދަލުވުންތަކަށް އަރައިގަނެ އެކަހަލަ ފަރުދީ މިނިވަންކަން ގެއްލުވާލައި އެކަންކަމަށް އަރައިގަނެ ހެދޭނެ ގޮތެއްއޮތީ! ތިޔަތިބީ ގައިރު ގާނޫނީ ކަންކަމަށް އަރައިގަނެ ސަލާމަތް ނުވެވި މިހާރު ! ބަލަ އެއީ 30 އަހަރުގެ ރަން 30 ހުގެ ބާނީއޭ!

comment ނޯވެއަރ

8 year 3 month ago

ހަފުލާ ނުބާއްވަން އެންގީ ވަކި މީހެއްގެ އޯޑަރަށް ކަމަށް ރައީސް މައުމޫނުގެ ފެކްޝަންގެ ކުދިން ކޮޅު ކޮންމެހެން ޕްރޮޕެގެންޑާ ފަތުރަން އުޅޭނެ ކަމެއް ނެތެވެ. ތަމެން ދެން ފްރަސްޓްރޭޓް ވާނެ ކަމެއް ނެތެވެ. ނޯ ވަން ވިލް ބީ ވިދް ޔޫ ދޯ. ދެން ތަމެންގެ މައްސަލަ އެއް އޮވެއްްޖެނަމަ ޖަސްޓް ގޯ އެން ނޮކް ދަ ޑޯރސް އޮފް ދަ ކޯޓް ދޯ. ދެން ކޮންމެހެން ޕްރޮޕެގެންޑާ ފެތުރި ނަމަވެސް ތިއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެ އެވެ، މަމެން މިތިބީ ވެލް ޕްރިޕެއާރޑް. ޔޫ ވިލް ފައިންޑް ނޯ ވެއަރ ޔޫ ކޭން ހޭވް ދިސް ބައްދަލުވުން ދޯ.

comment ނާނާނާނާ

8 year 3 month ago

މައުމޫނުގެ މިރޭގެ ބައްދަލުވުން ހުއްޓުވީ އެއީ ވަކި މީހެއްގެ އޯޑަރަށް ކަމަށް ރައީސް މައުމޫނުގެ ފެކްޝަން އިން ވިދާޅުވުމުން މަމެން ނެތިން އެކަމުން ރެކެން ދޯ. އެވްރީތިންގް ވިޗް ހޭޒް އަ ލިވިންގް ހޭޒް އަކޯސް ބިހައިންޑް އިޓް. މިވަރު ރައީސް މައުމޫނުގެ ފެކްޝަން ކުދިންނަށް އަންޑަރސްޓޭންޑް ނުވުން އައި ޑޯން ނޯ ވަޓް ޓު ސޭ. އިޓްސް އަ ސްޕެޝަލް ވޭ އޮފް ނިއު ތިއަރީ އޭ މަމެން ބުނަން ނެތީމު އެވެ. ޔޫ ޖަސްޓް ވޮނާ ސްޓޭ އިން ޕޮލިޓިކްސް، އޫއް ލަލާ، ޔޫ ގޮޓާ ގިވް ޔުއަރ ހޭންޑް ޓު މީ. އައި އޭމް ގޮނާ ޑޫ ގުޑް ފޯރ ޔޫ. ޑޯންޓް ޔޫ ގޯ އަވޭ ފްރޮމް އަސް. ނާނާނާނާ، ނާނާނާނާ، ނާނާނާނާ، ޓްރައިންގް ޓު ކީޕް ދަ ސޯފާ ސެޓް އިން ކޫލް ކަލަރ މޯޑް.