ޔުނައިޓެޑްގެ ލެޖެންޑް ޔޯކް ރާއްޖެ އަތުވެއްޖެ

ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޔޯކް ރާއްޖެ އައުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޑްވައިކް ޔޯކް ރާއްޖެ އަތުވެއްޖެ އެވެ.

ޔޯކް ރާއްޖެ އައިސްފައިވަނީ ފުޓްބޯލް އެސޯސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް ގުޅިގެން މާދަމާ ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގެ ހާއްސަ މެހެމާނުގެ ގޮތުގައި ބައިވެރިވުމަށެވެ.

ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޔޯކް ރާއްޖެ އައުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޔޯކް މިއަދު މެންދުރުފަހު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޭނާގެ ނައިބު ރައީސް އައިޝަތު ނާޒިމާ އަދި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވަޑައިގެންނެވި އެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯ ގައުމީ ޓީމަށް 74 މެޗު ކުޅެދީފައީވާ ޔޯކް ވަނީ ޔުނައިޓެޑްގެ އިތުރުން އެސްޓަން ވިލާއާއި، ބްލެކްބާން ރޯވާޒްއާއި، ބާމިންހަމް ސިޓީއާއި ސަންޑަލޭންޑްގެ އިތުރުން އޮސްޓްރޭލިއާގެ ސިޑްނީ އެފްސީއަށް ވެސް ކުޅެފައެވެ.

ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޔޯކް ރާއްޖެ އައުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޔޯކް އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ 1998-2002 އަށް ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. އޭނާ ވަނީ ޔުނައިޓެޑްގައި 1999-1998 ވަނަ ސީޒަނުގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މާގާމު ހޯދައި، އެޓީމަށް ކުޅެދިން 147 މެޗުގައި 65 ގޯލު ކާމިޔާބްކޮށްދީފައެވެ.

އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން ޔޯކް ވަނީ އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޔޯކް ރާއްޖެ އައުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި މިއަހަރު ދިނުމަށް ނިންމާފައި ވަނީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި، މޮޅު ކޯޗުގެ އިތުރުން އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އަދި ކްލަބް އީގަލްސްގެ އިމްރާން ނަޝީދެވެ. އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ މާޒިޔާގެ އަލީ ސުޒޭނާއި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް އަދި އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ)އެވެ.

comment ކޮމެންޓް