މިއަހަރު އަލަށް ރެފްރީން ތަޖުރިބާކުރި ވޯޑިއޯ ޓެކްނޮލަޖީގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށާއި ކުރިއަށް އޮތް ވޯލްޑްކަޕްގައި ވެސް އެ ޓެކްނޮލަޖީ ބޭނުން ކުރެވޭނެ ކަމަށް އުންމީދު ކުރާކަމަށް ފީފާގެ ރައީސް ޖިއާނޯ އިނަފަންޓީނޯ ބުނެފި އެވެ.
ދާދި ފަހުން ޖަޕާނުގައި ނިމުނު ފީފާ ކްލަބް ވޯލްޑް ކަޕްގައި ފުޓްބޯޅައިގެ ދިގު ތާރީޚްގައި މުޅިން އަލަށް ރެފްރީން ވަނީ ގޮތް ނިންމުމުގައި ވީޑިއޯ ޓެކްނޮލަޖީ ބޭނުންކޮށްފަ އެވެ. ދަނޑު ބޭރުގައި ހުންނަ ސްކްރީނަކުން ބަދަލު ރެފްރީ ވީޑިއޯ ބެލުމަށް ފަހު ރެފްރީއަށް އެންގެމުން ގޮތް ނިންމަ އެވެ.
ކްލަބް ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ކަށިމާ އެންޓަލާސް އާއި އެތްލެޓިކޯ ނަކޮއިނަލް ކުޅުނު މެޗުގައި ފުރަތަމަ ފަހަަރަށް ވީޑިއޯ ޓޮކްނޮލަޖީ ބޭނުންކުރި އިރު ދެވަނަ ސެމީ ފައިނަލްގައި ކަލްބް އެމެރިިކާ ކޮޅަށް ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހީ ގޯލު ވެސް ކަނޑައެޅީ ވީޑިއޯއަށް ބެލުމަށްފަހު އެވެ.
"ޖަޕާނުން ވަނީ ވީޑޮއޯ ޓެކްނޮލަޖީ ފުރަތަމަ ފަހަރަށް ބޭނުންކޮށް އެ ސިސްޓަމްގެ ބެނުންތެރިކަން ވަރަށް ރަނގަޅަށް ދައްކާލައިފައި. ނަމަވެސް އަދިވެސް އެބަހުރި އޭގައި ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް،" އިންފަންޓީނޯ ބުންޏެވެ.
އެނާ ބުނީ އިސްލާހުކުރަން ޖެހޭ ކަންތައްތަށް އިސްލާހުކޮށް އުންމީދު ކުރަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮންނަ ވޯލްޑްކަޕްގައި ވިޑިއޯ ޓެކްނޮލަޖީގެ ބޭނުން ވަރަށް ފުރިހަމަށް ހިފާނެ ކަމަށެވެ.