ސީރިއާއަށް 27 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ސައުދީ ރަސްގެފާނު ކެމެޕޭނެއް ފަށައިފި

ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވެދިނުމުގެ ގޮތުން 27 ބިލިއަން ޑޮލަރު (100 މިލިއަން ސައުދީ ރިޔާލު) އެއްކުރުމަށް ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ޚާއްސަ ކެޕްމޭނެއް ފައްޓަވައިިފި އެވެ.

ސައުދީގެ ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ކެމްޕޭން މިއަދު ފަށާނެ އެވެ. އަދި އެ ކެމްޕެއިން ކުރިއަށް ގެންދާނީ އެގައުމުގެ އެކި ސަރަހައްދުތަކުގައި، މުޅި ގައުމު ހިމެނޭ ގޮތަށް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ، ސީރިއާގެ ހާލަތު ހުރި ގޮތުން އެގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތަށް އެހީތެރިވެދިނުމުގެ ގޮތުން މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން މުޅި ގައުމު ހިމެނޭ ގޮތަށް އެގައުމުގެ ރަސްގެފާނު ކެމްޕޭނެއް ފައްޓަވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ކެމްޕޭނުގައި އެހީތެރިވާނީ ހަލަބުގެ ހަނގުރާމާގައި ހާލުގައި ޖެހުނު މީހުންނަށާއި، އެ ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބިފައިވާ ސީރިއާގެ އާންމު ރައްޔިތުންނަށެވެ.

ސައުދީގެ ނޫސްތަކުގައިވާ ގޮތުން އެ ކެމްޕޭނު ފެށުމުގެ ގޮތުން ސަލްމާން ރަސްގެފާނު ވަނީ 20 މިލިއަން ރިޔާލު އެ ކެމްޕޭނަށް ހަދިޔާކޮށްފަ އެވެ. ސަލްމާން ރަސްގެފާނުގެ އިތުރުން، އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ނާއިފް އާއި ވަލީ އަހުދުގެ ނައިބު، މުހައްމަދު ބިން ސަލްމާން ވެސް ވަނީ އެ ކެމްޕޭނަށް ފައިސާ ހަދިޔާ ކުރައްވައިފަ އެވެ. އެގޮތުން ވަލީ އަހުދު މުހައްމަދު ބިން ނާއިފް 10 މިލިއަން ރިޔާލު ހަދިޔާކުރައްވާފައިވާ އިރު ވަލީ އަހުދުގެ ނައިބު، މުހައްމަދު ބިން ސަލްމާން ހަދިޔާ ކުރެއްވީ އަށް މިލިއަން ރިޔާލެވެ.

މި ކެމްޕޭނުގެ ކަންތައްތައް ބަލަހައްޓާނީ އެގައުމުގެ އެކި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުންނެވެ.

comment ކޮމެންޓް