އެމްވީކޭ އިން ލޯނު ނުދައްކައިފިނަމަ ދޫގަސް ވިއްކާލުމުގެ ހައްގު ބޭންކަށް ލިބިގެންވޭ: ސިވިލް ކޯޓު

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިގ--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބޭންކު އޮފް ސިލޯނުން ދޫކޮށްފައިވާ 2،700،000 ޑޮލަރުގެ ލޯނު ނުދައްކައިފިނަމަ އެކުންފުނިން ކުއްޔަށްހިފާފައިވާ ސ. ގަން ދޫގަސް ވިއްކާލުމުގެ ނުވަތަ ކުއްޔަށްދިނުމުގެ ހައްގު ބޭންކަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ އެ ލޯނަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެ މުއާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ލޯނުގައި ހިމެނޭ އެންމެހައި ފައިސާ ހަތް މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އެމްވީކޭ އަށް އެ ހުކުމްގައި ވަނީ އަންގައިފައެވެ.

comment ކޮމެންޓް