ގާފަރު ދޯންޏެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ

ކ. ގާފަރު ދޯނިގައި ރޯވެ އަނދާފައި ---- ސަން ފޮޓޯ: ކިޔުންތެރިއެއް

މީހުންނާއެކު ދަތުރުކުރަމުން ދިޔަ ކ. ގާފަރު ދޯންޏެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާނު މުހައްމަދު ސަން އަށް ވިދާޅުވީ މިއަދު ހެދުނު ގާފަރު ކައިރީ އޮންނަ މަސްވެރިކަންކުރާ ބޮޔެއް ކައިރީ ހިނގި އެ ހާދިސާގައި އަލިފާން ރޯވީ ކުރަނގި 7 ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

ގާފަރުން ވާހަކަދެއްކި މީހަކު ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވރިވީ ދޯނީގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވުމުގެ ސަބަބުން ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް ދޯނީގެ މަތީބައި އެއްކޮށް އަނދައިގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ދޯނި ކައިރީގައި އެވަގުތު އޮތް ނަސްރު 7 ނަމަކަށް ކިޔާ ދޯންޏަކަށް އޭގައި ތިބި އެންމެން އަރުވައި އެންމެން ސަލާމަތްކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ގާފަރު ކައުންސިލްގެ ރައީސް އާދަމް ޒާހިދު ވިދާޅުވީ އެފަދަ ކަމެއް ހިނގި ކަމުގެ މައުލޫމާތު އެއްވެސް ގޮތަކަށް ކައުންސިލަށް އެނގިފައިނުވާ ކަމަށެވެ.

comment ކޮމެންޓް